މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ފުލުހުންގެ ޚިދުމަތު އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލައިފި
Raajje

ފުލުހުންގެ ޚިދުމަތު އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލައިފި

ދިވެހިފުލުހުންގެ ޚިދުމަތު އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލައިފިއެވެ. ފުލުހުންގެ ޚިދުމަތު އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލި ސަބަބަކީ ދިވެހި  ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ލާޒިމްކުރާ ކަންކަން ކުރުމަަށްޓަކައި ބޭނުންވާ އެންމެހާ ކަންކަން ހަމަޖެއްސުމަށްޓަކައި ކަމަށް ފުލުހުން ބުނެއެވެ. މި ބަދަލުތަކަށް 1 ޖުލައި 2024 ވަނަ ދުވަހުން ފެށިގެން...

ދަނބިދޫ ކޯޒުވޭ ސަރަހައްދު މޫދުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ
Raajje

ދަނބިދޫ ކޯޒުވޭ ސަރަހައްދު މޫދުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ލ. ދަނބިދޫ ކޯޒުވޭ ސަރަހައްދު މޫދުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ، ދަނބިދޫ އިރުމަތީ ފަރާތު (ކޯޒުވޭ ސަރަހައްދު) މޫދުގައި މީހަކު އޮއްވާ ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށް މިއަދު ހަވީރު 16:55 ކަށްހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ ނިޔާވެފައިވާކަމަށް އެތަނުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ. އެއީ ރަށު ނިޔަދުރުމާގެ އައިމިނަތު އުމަރެވެ. އޭނާގެ އުމުރަކީ 65 އަހަރެވެ. ފުލުހުން ބުނީ އެ...

ކަރެކްޝަންސްގެ 13 މުވައްޒަފަކު ހައްޔަރުކޮށްފި
Thiladhunmathi News

ކަރެކްޝަންސްގެ 13 މުވައްޒަފަކު ހައްޔަރުކޮށްފި

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ 13 މުވައްޒަފަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ގުޅޭ އޮޕަރޭޝަންގައި މިހާތަނަށް އެތަނުގެ 13 މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ކަރެންޝަންގެ 9 މުވައްޒަފަކު ހައްޔަރުކޮށްފައި ވަނީ މާފުށިންނެވެ. މީގެ އިތުރުން ކާށިދޫ އިން 2 މުވައްޒަފަކު އަދި ހއ. އުތީމުން އެއް މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައެވެ. ކަރެކްޝަންސްގެ އޮފިސަރުންތަކެއް ރިޝްވަތު ނަގައިގެން މާފުށީ ޖަލަށް ފޯނާ...

ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
Raajje

ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލަމުން އަންނަކަމަށް ބުންޏެެވެ. މައްސަލައާއި ގުޅިގެން މިހާތަނަށް ކުރި މަސައްކަތުން ވީޑިއޯ އިން ފެންނަނީ ކޮންބަޔެއްކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ މި ވީޑިއޯއާއި ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ އެ އިދާރާއާއި ހިއް...

ޑިންގީއެއްގައި ލެއްގި ސޯމާލިއާ މީހުން އިމިގްރޭޝަނާ ހަވާލުކޮށްފި
Raajje

ޑިންގީއެއްގައި ލެއްގި ސޯމާލިއާ މީހުން އިމިގްރޭޝަނާ ހަވާލުކޮށްފި

ޑިންގީއެއްގައި ރާއްޖޭގެ ފަޅުރަށަކަށް ލެއްގި ސޯމާލިއާގެ ތިން މީހުން މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. ރާއްޖޭގެ ފަޅުރަށަކަށް ސޯމާލިއާގެ ތިން ފިރިހެނުންނާ އެކު، ޑިންގީއެއް ލެއްގީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެމީހުން ދަތުރުކުރަމުންދިޔަ ޑިންގީއާއެކު ލެއްގީ ނ. ވަވައްޗަށެވެ. ފުލުހުން ބުނީ ސޯމާލިއާ ތިން މީހުން އިއްޔެ ހުޅުމާލެ އިމިގްރޭޝަން ފެސިލިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ. ހުޅުމާލެ 2 ގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބައިތިއްބާ ފެސިލިޓ...

ކުނި އުކާލަން ދިޔަ ބިދޭސީއެއް މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ
Raajje

ކުނި އުކާލަން ދިޔަ ބިދޭސީއެއް މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީގެ ފޭދޫގައި ކުނި އުކާލަން ދިޔަ ބިދޭސީއެއް މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ، އައްޑޫ ސިޓީގެ ފޭދޫގައި މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީއެއް ޚަބަރު ނުވެގެން ހޯދަމުން ދަނިކޮށް މޫދުގައި އޮއްވާ ފެނިފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މީހާ މޫދުގައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:40 ހާއިރު އެވެ. އެމީހާ ފޭދޫގައި ހުންނަ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ […]

ސިނަމާލެ ފްލެޓަކުން ވައްކަންކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
Raajje

ސިނަމާލެ ފްލެޓަކުން ވައްކަންކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

މާލޭގެ ސިނަމާލެ ފްލެޓަކުން ވައްކަންކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ސިނަމާލެ ތިނެއްގެ ޓެރަސް މަތިން ވައްކަން ކުރަން އުޅުނު މައްސަލައެއް ރޭ ފަތިހު އެ އިދާރާއަށް ހުށަހެޅުނު ކަމަށެވެ. މި މައްސަލައިއާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ، 35 އަހަރުގެ ދެމީހުންނާއި 42 އަހަރުގެ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. ރޭ ފަތިހު 5:01 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި މި މައްސަލަ އެ އިދާރާއިން […]

ކުޅުދުއްފުށީ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފި
Thiladhunmathi News

ކުޅުދުއްފުށީ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފި

ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައި، ވެރިފަރާތާއި ހަވާލުކޮށްފިއެވެ. މި ކްލިނިކް ފަޅާލައި ވައްކަންކޮށްފައި ވަނީ މި ޖޫންމަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީގެ މި ކްލިކް ފަޅާލައި މޯބައިލް ފޯނާއި ބްލަޑް ޕްރެޝަރު ބަލާ މެޝިނާއި އަދި ޔޫޕީއެސް ފަދަ ތަކެތި ވަގަށް ނެގިކަމަށް ވެއެވެ. ފުލުހުން […]

ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ޒުވާނާ އާއިލާއަށް ގުޅައިފި
Raajje

ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ޒުވާނާ އާއިލާއަށް ގުޅައިފި

ގެއްލިގެން ހޯދަމުން ދިޔަ ފުވައްމުލަކު ޒުވާނާ އާއިލާއަށް ގުޅާފައިވާ ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު އިޔާޝް ވަސީމް (24އ) އެވެ. ޖޫން 14 ވަނަ ދުވަހަށްފަހު އާއިލާއަށް ޚަބަރު ނުވެގެން ފުލުހުންނަށް ރިޕޯޓުކުރުމުން އޭނާ ހޯދަން ފުލުހުން ޢިއުލާންކުރީ 21 ޖޫން ގައެވެ. ފުލުހުން މިރޭ ބުނީ، ގެއްލިގެން ހޯދަމުން ދިޔަ އަޙްމަދު ޢިޔާޝް ވަސީމް އޭނާގެ އާއިލާއަށް ގުޅާފައިވާ […]

ވަކިކުރަން ނިންމި އޮފިސަރުންގެ ވަޒީފާގެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަނީ
Raajje

ވަކިކުރަން ނިންމި އޮފިސަރުންގެ ވަޒީފާގެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަނީ

ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ އިސް އޮފިސަރުންނަށް ވަޒީފާ އަނބުރާ ދިނުމުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން އެދުމުން ހައި ކޯޓުން މިއަދު އެ ފުރުސަތު ދީފި އެވެ. ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން 2021 ވަނަ އަހަރު ދިން ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން ހަތް އޮފިސަރަކު ވަކިކުރަން ނިންމި އެވެ. އެއީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް […]

ގެއްލުނު 18 އަހަރުގެ ޒިހާން ފެނިއްޖެ، ހާލު ރަނގަޅު
Raajje

ގެއްލުނު 18 އަހަރުގެ ޒިހާން ފެނިއްޖެ، ހާލު ރަނގަޅު

މާލެ އިން ގެއްލުނު 18 އަހަރުގެ ޒުވާނާ މިއަދު ފެނިއްޖެއެވެ. ފުލުހުން ބުނީ ހ. ބްލޫސްކޫޕް (މިހާރު އުޅޭ އެޑްރެސް ހ. ބްލޫޑްރީމް) ހުސައިން ޒިހާން ފެނުނީ މާލެ އިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. އެ ޒުވާނާ ގެއްލިގެން ފުލުހުން އާންމުކޮށް އިއުލާން ކުރީ އާއިލާ އިން އެދިގެން މިއަދެވެ. އުމުރުން 18 އަހަރުގެ ޒިހާން ގެއްލިގެން ހޯދަނީ ފުލުހުން ވަނީ މި މަހުގެ […]

އުމުރުން 18 އަހަރުގެ ޒިހާން ގެއްލިގެން ހޯދަނީ
Raajje

އުމުރުން 18 އަހަރުގެ ޒިހާން ގެއްލިގެން ހޯދަނީ

އުމުރުން 18 އަހަރުގެ ޒުވާނަކު ގެއްލިގެން އޭނާ ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފިއެވެ. ޢާއިލާ އަށް ޚަބަރު ނުވެގެން ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ، ހ. ބްލޫސްކޫޕް (މިހާރު ދިރިއުޅޭ އެޑްރެސް، ހ. ބްލޫޑްރީމް) ޙުސައިން ޒިހާން (18އ) އެވެ. އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. އެންމެފަހުން ޒިހާން ފެނިފައިވަނީ މި މަހުގެ 21 ވަަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ. […]

ސޯމާލިއާއިން ލެއްގީ ހާލުގައި ޖެހިފައިތިބި ބައެއް: ފުލުހުން
Raajje

ސޯމާލިއާއިން ލެއްގީ ހާލުގައި ޖެހިފައިތިބި ބައެއް: ފުލުހުން

ރާއްޖޭގެ ފަޅުރަށަކަށް އިއްޔެ ލެއްގީ ސޯމާލިއާގެ ހާލުގައި ޖެހިފައިތިބި ބައެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. ސޯމާލިޔާ ބަޔަކާއެކު ފަޅު ރަށަކަށް ޑިންގީއެއް ލެއްގީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ބުނިގޮތުގައި ސޯމާލިޔާ ބަޔަކާއެކު ޑިންގީ އެއް ލައްގާފައި ވަނީ ނ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ވަވަތި އަށެވެ. އެ ޑިންގީގައި ސޯމާލިޔާގެ ތިން މީހަކު ތިބިކަމަށް ވެސް ފުލުހުން ބުނެއެވެ. މި ތިން މީހުންނަށް ނ. ހޮޅުދޫ ކައުންސިލްގެ އެހީތެރިކަމާއެކު ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި […]

ފިޔޯރީން ގެއްލިގެން ހޯދި ކުޑަކުއްޖާ ފެނިއްޖެ
Raajje

ފިޔޯރީން ގެއްލިގެން ހޯދި ކުޑަކުއްޖާ ފެނިއްޖެ

ގދ. ފިޔޯރީން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ. ފުލުހުން ބުނީ އެ ކުއްޖާ މިހާރު ފެނިފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ. މިކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުންނާއި ރައްޔިތުން ގުޅިގެން ހޯދުމުގެ މަސައްކަތް ކޮށްފައި ވަނީ، އެރަށު ފިނިވިލާގެ، މަރިޔަމް މީނާލް މުޙައްމަދު އެވެ. ފިޔޯރީން އަށް އަހަރުގެ ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ ”ފިޔޯރީ އެމްވީ” ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި […]

ފިޔޯރީން އަށް އަހަރުގެ ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ
Raajje

ފިޔޯރީން އަށް އަހަރުގެ ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

ގދ. ފިޔޯރީން އުމުރުން އަށް އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން މިއަދު ހޯދަން ފަށައިފިއެވެ. ފުލުހުން ބުނީ ފިޔޯރީން އަށް އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން މިރޭ 19:08 ހާއިރު އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކުއްޖާ އެންމެފަހުން ފެނިފައި ވަނި ހަވީރު 17:00 ހާއިރު ގެއިން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހެންވެ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. […]