މާލެ އިން ގެއްލުނު 18 އަހަރުގެ ޒުވާނާ މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ ހ. ބްލޫސްކޫޕް (މިހާރު އުޅޭ އެޑްރެސް ހ. ބްލޫޑްރީމް) ހުސައިން ޒިހާން ފެނުނީ މާލެ އިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

Ad
rt

އެކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

އެ ޒުވާނާ ގެއްލިގެން ފުލުހުން އާންމުކޮށް އިއުލާން ކުރީ އާއިލާ އިން އެދިގެން މިއަދެވެ.

އުމުރުން 18 އަހަރުގެ ޒިހާން ގެއްލިގެން ހޯދަނީ

ފުލުހުން ވަނީ މި މަހުގެ 21 ވަނަ ދުވަހު، ވެސް ޒުވާނަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެއީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް (24އ) އެވެ. އޭނާ، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ކުރުމުން އޭނާ ހޯދަން އިއުލާންކޮށްފައި ވިޔަސް އޭނާ އަދިވެސް ނުފެނެއެވެ.