އައްޑޫ ސިޓީގެ ފޭދޫގައި ކުނި އުކާލަން ދިޔަ ބިދޭސީއެއް މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، އައްޑޫ ސިޓީގެ ފޭދޫގައި މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީއެއް ޚަބަރު ނުވެގެން ހޯދަމުން ދަނިކޮށް މޫދުގައި އޮއްވާ ފެނިފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މީހާ މޫދުގައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:40 ހާއިރު އެވެ.
އެމީހާ ފޭދޫގައި ހުންނަ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ މަރުވެފައިވާކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެމީހާ އަކީ ބިދޭސީ ފިރިހެނެކެވެ.
މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!