ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންވެ އެ މައްސަލަ ބަލަމުން އަންނަކަމަށް ބުންޏެެވެ.
މައްސަލައާއި ގުޅިގެން މިހާތަނަށް ކުރި މަސައްކަތުން ވީޑިއޯ އިން ފެންނަނީ ކޮންބަޔެއްކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ މި ވީޑިއޯއާއި ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ އެ އިދާރާއާއި ހިއްސާ ކޮށްދިނުމަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!