ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައި، ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

މި ކްލިނިކް ފަޅާލައި ވައްކަންކޮށްފައި ވަނީ މި ޖޫންމަހުގެ 13 ވަނަ ދުވަހުގެ ރެއެވެ.

Ad
rt

ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީގެ މި ކްލިކް ފަޅާލައި މޯބައިލް ފޯނާއި ބްލަޑް ޕްރެޝަރު ބަލާ މެޝިނާއި އަދި ޔޫޕީއެސް ފަދަ ތަކެތި ވަގަށް ނެގިކަމަށް ވެއެވެ.

ފުލުހުން މިއަދު ބުނީ އެ ކްލިނުން ވައްކަންކޮށްފައިވާ މައްސަލައާއިގުޅިގެން އެތަނުން ވަގަށްނެގި ތަކެތި ހޯދުމަށް ކުޅުދުއްފުށީ ފުލުހުން ކުރިމަސައްކަތުން އިއްޔެ އެތަކެތި ހޯދިފައިވާ ކަމަށެވެ. އަދި އެތަކެތި މިހާރު ވަނީ ކްލިނިކްގެ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.