ގެއްލިގެން ހޯދަމުން ދިޔަ ފުވައްމުލަކު ޒުވާނާ އާއިލާއަށް ގުޅާފައިވާ ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު އިޔާޝް ވަސީމް (24އ) އެވެ.

Ad
rt

ޖޫން 14 ވަނަ ދުވަހަށްފަހު އާއިލާއަށް ޚަބަރު ނުވެގެން ފުލުހުންނަށް ރިޕޯޓުކުރުމުން އޭނާ ހޯދަން ފުލުހުން ޢިއުލާންކުރީ 21 ޖޫން ގައެވެ.

ފުލުހުން މިރޭ ބުނީ، ގެއްލިގެން ހޯދަމުން ދިޔަ އަޙްމަދު ޢިޔާޝް ވަސީމް އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ބުނެފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މިއަދު ވެސް މާލެއިން 18 އަހަރުގެ ޒުވާނެއް ގެއްލިގެން ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދުނެވެ. އެއީ އުމުރުން 18 އަހަރުގެ ހ. ބްލޫސްކޫޕް (މިހާރު އުޅޭ އެޑްރެސް ހ. ބްލޫޑްރީމް) ހުސައިން ޒިހާން އެވެ.

ހަމަމިއަދު އޭނާ މާލެއިން ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.