ބުރަފަތި މައްސަލަޖެހި ހާލުގައި ޖެހުނު ލޯންޗެއް ސަލާމަތްކޮށްފި
ބުރަފަތި މައްސަލަޖެހި ހާލުގައި ޖެހުނު ލޯންޗެއް ސަލާމަތްކޮށްފިއެވެ. ނ.އަތޮޅުން ފުރައިގެން ށ.އަތޮޅަށް ދަތުރުކުރި ށ.ފުނަދޫ ފަޒާ ސްޕީޑް ލޯންޗްގެ ބުރަފަތި މައްސަލަޖެހި ބޮމަސްދޫ ކައިރިއަށް ހުއްޓި ހާލުގައި ޖެހިފައި ވަނިކޮށް ށ.އަތޮޅު ފުލުހުން ވަނީ އެ ލޯންޗައް އެހީތެރިކަން ފޯރުކޮށްދީ އެ މީހުން ސަލާމަތްކޮށްފައެވެ. އެ ލޯންޗުގައި ހަތަރު ފަސިންޖަރުން ދަތުރުކުރިއިރު، އޭގެތެރޭގައި ތިން ކުޑަކުދިންނާއި އަންހެނަކު ހިމެނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާއިރު، މިހާރު އެ މީހުން ވަނީ ށ.ފުނަދ...