ގދ. ފިޔޯރީން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.

ފުލުހުން ބުނީ އެ ކުއްޖާ މިހާރު ފެނިފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.

Ad
rt

މިކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުންނާއި ރައްޔިތުން ގުޅިގެން ހޯދުމުގެ މަސައްކަތް ކޮށްފައި ވަނީ، އެރަށު ފިނިވިލާގެ، މަރިޔަމް މީނާލް މުޙައްމަދު އެވެ.

ފިޔޯރީން އަށް އަހަރުގެ ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

''ފިޔޯރީ އެމްވީ'' ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި އެ ކުއްޖާ މިވަގުތު އޮތީ ސިއްހީ މަރުކަޒުގައެވެ. އަދި އެކުއްޖާ އަށް ''ފަރުވާ ދެމުން އަންނަ ކަމަށް'' ވެސް އެ ޕޭޖުގައި ބުނެފަވެއެވެ.

''މީނާލް ފެނުނީ އެ ގެއާއި މާ ދުރު ނޫން ހިސާބެއްގެ ގޭ ގޯތި ތެރޭގައި ހޭ ނެތިފައި އޮއްވާ. އެހެންނަމަވެސް މިހާރު ހާލު ރަނގަޅު. ގެއާ މާ ދުރު ނޫން ހިސާބެއްގައި ބްލެކް އައުޓްވެފައި އޮތް ކަމަށްވަނީ، މިހާރު މޫނު ފެން އުނގުޅާ ހެދީމަ ހާލު ރަނގަޅު.'' އެ ޕޭޖުގައި ބުނެފަވެއެވެ.