އުމުރުން 18 އަހަރުގެ ޒުވާނަކު ގެއްލިގެން އޭނާ ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.
ޢާއިލާ އަށް ޚަބަރު ނުވެގެން ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ، ހ. ބްލޫސްކޫޕް (މިހާރު ދިރިއުޅޭ އެޑްރެސް، ހ. ބްލޫޑްރީމް) ޙުސައިން ޒިހާން (18އ) އެވެ.
އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
އެންމެފަހުން ޒިހާން ފެނިފައިވަނީ މި މަހުގެ 21 ވަަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ.
ފުލުހުންވަނީ ޒިހާން އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް އަށް ގުޅައި އެކަން ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން ވަނީ މި މަހުގެ 21 ވަނަ ދުވަހު، ވެސް ޒުވާނަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެއީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް (24އ) އެވެ. އޭނާ، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ކުރުމުން އޭނާ ހޯދަން އިއުލާންކޮށްފައި ވިޔަސް އޭނާ ފެނުނުކަމެއް އަދި އެނގިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!