Skip to main content
Topic Archive

#މިފްކޯ

30 Stories filed
މީމު މިފްކޯ މަސް ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި
Business

މީމު މިފްކޯ މަސް ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

މީމު މިފްކޯ މަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ 83 އިންސައްތަ މަސްއްކަތް މިހާރު ވަނީ ނިމިފައެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތާއި ބޮލާޑް އާއި ވީ– ފެންޑާ ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގައި ހިމެނޭ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 91 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ […]

ކޫއްޑޫގައި އިމާރާތެއްގެ މަތިން ވެއްޓުނު ބިދޭސީ މީހާ ނިޔާވެއްޖެ
Raajje

ކޫއްޑޫގައި އިމާރާތެއްގެ މަތިން ވެއްޓުނު ބިދޭސީ މީހާ ނިޔާވެއްޖެ

ގއ. ކޫއްޑޫގައި އިމާރާތެއްގެ މަތިން ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެ އެވެ. މިފްކޯއިން މަސް ފެކްޓްރީ ހިންގާ ކޫއްޑޫގައި ހުރި އިމާރާތެއްގެ މަތިން އެމީހާ ވެއްޓިފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހު އެވެ. އަދި އޭނާއަށް އެ އަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު، އިތުރުފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ. އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗް ގައި ފަރުވާދެމުން ދަނިކޮށް އިއްޔެ އިރުއޮއްސި ހައެއް ޖަހާކަން ހާއިރު އެވެ. އެއީ އުމުރުން 41 […]

މަސް ކިރުވުމުގައި ދަތިތަކެއް، މާދަމާއިން ފެށިގެން ދޯންޏަކަށް ކިރުވޭނީ ފަސް ޓަނު
Business

މަސް ކިރުވުމުގައި ދަތިތަކެއް، މާދަމާއިން ފެށިގެން ދޯންޏަކަށް ކިރުވޭނީ ފަސް ޓަނު

މިފްކޯގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސް ލިބެމުންދާތީ މަސް ކިރުވުމުގައި ދަތިތަކާ ދިމާވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މަސްވެރިކަން މިހާރު އާދަޔާ ހިލާފަށް ރަނގަޅު ކަމަށެވެ. އެހެންވެ ގިނަ ދޯނިތަކުން އެއްފަހަރާ މިފްކޯގެ ސެންޓަރުތަކުން މަސް ކިރުވަން ދާ ކަމަށާއި އޭގެ ސަބަބުން ކެޕޭސިޓީއަށްވުރެ އިތުރަށް މަސަ ލިބެމުން އަންނަ ކަމަށެވެ. މަސް ކިރުވަން ކިޔޫގައި ޖެހޭ އަދަދު ގިނަކަން ފާހަގަކޮށް މިފްކޯއިން ބުނީ އިއްޔެ ކިޔޫގައި […]

މަހުގެ އުފެއްދުންތައް ތައްޔާރު ކުރަން މިފްކޯއިން ފަންނީ އެހީތެރިކަން ދެނީ
Business

މަހުގެ އުފެއްދުންތައް ތައްޔާރު ކުރަން މިފްކޯއިން ފަންނީ އެހީތެރިކަން ދެނީ

މަހުގެ ބާވަތްތައް ތައްޔާރު ކުރަން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިފްކޯ އާއި ދިވެހި މަސްވެރިންގެ ޖަމިއްޔާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، މަހުން އެކި ބާވަތްތަކުގެ އުފެއްދުންތައް ތައްޔާރުކުރަން ދަސްކޮށްދިނުމަށް ދިވެހި މަސްވެރިން ޖަމިއްޔާ އިން ގއ. ގެމަނަފުށީގައި ކުރިއަށް ގެންދާ ތަމްރީނުތަކުގައި ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެގޮތުން މިހާރު ވެސް ގޭގޭގައި އުފައްދައި، ވިއްކަމުންދާ އެކި ބާވަތްތަކުގެ ކާނާ ބަންދުކޮށް، ގިނަ ދުވަހު ގެންގުޅުމަ...

މިފްކޯއިން އިހަވަންދޫގައި ހިންގަމުން އަންނަ އައިސްޕުލާންޓް ހުއްޓުމުން، މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެ
Thiladhunmathi News

މިފްކޯއިން އިހަވަންދޫގައި ހިންގަމުން އަންނަ އައިސްޕުލާންޓް ހުއްޓުމުން، މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެ

ހއ. އިހަވަންދޫގައި ހިންގަމުން އަންނަ މިފްކޯ އައިސްޕުލާންޓް ހުއްޓުމުން މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެ އެވެ. އިހަވަންދޫ މިފްކޯ އައިސްޕުލާންޓަށް މައްސަލަ ޖެހި ޚިދުމަތް މެދުކެނޑިފައިވަނީ މިމަހުގެ 2 ވަނަދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މައްސަލައެއްދިމާވެ ހިދުމަތް މެދުކެނޑިފައި އޮންނަތާ މިއަދަށް 3 ދުވަސް ވެފާވާއިރު އެފަރާތުން އަންނަނީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ އައިސް ޕްލާންޓް ހިންގުމާއި އެރަށުން ހަވާލުވެހުރި އެންމެ އިސް ފަރާތްކަމުގައިވާ ރާޢުފު މިނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވ...

2500 ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް މިފްކޯއިން ގެނެސްފި
Business

2500 ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް މިފްކޯއިން ގެނެސްފި

ދެހާސް ފައްސަތޭކަ ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރާއްޖެ ގެނެސްފިއެވެ. މި ބޯޓު ރާއްޖެ ގެނައީ ތައިލެންޑުން އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މި ބޯޓު ގެންނަ 1.8 މިލިއަން ޑޮލަރު (27.8 މިލިއަން ރުފިޔާ) ހަރަދު ކުރި ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. މިފްކޯއިން ބުނެފައިވާގޮތުގައި މި ބޯޓު ބޭނުން ކުރާނީ ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓު ކުރުމަށެވެ. އަދި މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ރައްކާ ކުރުމަށްވެސް […]

ބުދަ ދުވަހުގެ ނިޔަލަށް މިފްކޯއިން ގަންނާނީ ދޯންޏަކުން ހަތަރު ޓަނު
Raajje

ބުދަ ދުވަހުގެ ނިޔަލަށް މިފްކޯއިން ގަންނާނީ ދޯންޏަކުން ހަތަރު ޓަނު

މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް މިފްކޯއިން ގަންނާނީ ދޯންޏަކުން ހަތަރު ޓަނުގެ މަސް ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މި ބަދަލު ގެނައީ ދެކުނުގައި މަސްވެރިކަން ވަރަށްބޮޑަށް ރަނގަޅުވެ މަސް ކިރާ ވަރު އިތުރުވުމުންނެވެ. މަސް ކިރުވަން ގިނަ އަދަދެއްގެ މަސް ދޯނިތައްކިޔޫގައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ. މިފްކޯއިން ބުނީ މިހާރު އެ ކުންފުނީގެ ފްރީޒިން ކެޕޭސިޓީއަށްވުރެ ގިނައިން މަސް ކިރުވަމުން އަންނަ ކަމަށެވެ. މި ބަދަލު ގެނައި ނަމަވެސް ކޫއްޑޫ […]

މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިބީއެމާ ހަވާލުކޮށްފި
Business

މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިބީއެމާ ހަވާލުކޮށްފި

މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) އާ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އައިބީއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި އިބްރާހިމް އަންވަރެވެ. އަދި މިފްކޯގެފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއެވެ. އައިބީއެމުން ބުނިގޮތުގައި މިއީ މިފްކޯގެ އުފެއްދުންތައް އަވަހަށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވި އެއްބަސްވުމެކެވެ. އެހެންކަމުން މިހާރު އައިބީއެމްމެދު...

ހާލަތަށް ތައްޔާރު، ދަތިކަމެއްނެތި ރަމަޟާންމަހު ވެސް އުފެއްދުންތައް ލިބޭނެ: މިފްކޯ
Thiladhunmathi News

ހާލަތަށް ތައްޔާރު، ދަތިކަމެއްނެތި ރަމަޟާންމަހު ވެސް އުފެއްދުންތައް ލިބޭނެ: މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފެލިވަރުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، ކުރިއަށް އޮތީ ރަމަޟާންމަސް ކަމުން، މިފްކޯއިންވަނީ މިފަދަ ހާލަތެއް މެދުވެރި ވެދާނެކަމަށް ތައްޔާރުވެފައި ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ކުރިއަށް އޮތީ ރަމަޟާންމަސް ކަމަށްވާއިރު މިފްކޯއިންވަނީ މިފަދަ ހާލަތެއް މެދުވެރި ވެދާނެކަމަށް ތައްޔާރުވެފަ ކަމަށެވެ. އެހެންކަމުން މާލެއާއި މިފްކޯގެ އެހެނިހެން ސެންޓަރުތަކުންވެސް މިފްކޯގެ އުފެއް...

ހޯރަފުށީ މަސްވެރިންނަށް ހާއްސަ ކެފޭއެއް!
Thiladhunmathi News

ހޯރަފުށީ މަސްވެރިންނަށް ހާއްސަ ކެފޭއެއް!

ހއ. ހޯރަފުށީގައި ގާއިމުކުރާ އައިސްޕްލާންޓާއި އިންވެގެން އެރަށުގެ މަސްވެރިންނަށް ހާއްސަކޮށްގެން ކެފޭއެއް ހެދުމުގެ މަސައްކަތް ކުރަށްވާނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ އެޅުމަށް ރޭ އެރަށުގެ ބަނދަރުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، އެ އައިސްޕްލާންޓަކީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ)އާއި، ޗަމްޕާ ބްރަދާސްގެ ހެޔޮއެދުން ތަކާއެކު ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި އޭނާ ދެއްކެވި ވާ...

ފެލިވަރުގެ ކެޕޭސިޓީ އިތުރުވުމުން އުތުރުގެ މަސްވެރިންނަށް މަސްކިރަން ފަސޭހަކަން ލިބޭނެ: ފައުޒީ
Raajje

ފެލިވަރުގެ ކެޕޭސިޓީ އިތުރުވުމުން އުތުރުގެ މަސްވެރިންނަށް މަސްކިރަން ފަސޭހަކަން ލިބޭނެ: ފައުޒީ

އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްކިރުމުގެ އިންތިޒާމުކަމަށާއި، ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގޭ މަޝްރޫޢުތައް ނިމުމުން އުތުރުގެ މަސްވެރިންނަށް ފަހިކޮށް މަސްކިރޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ އެޅުމަށް ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، އުންމީދަކީ ފެލިވަރު ތަރައްގީވެގެން ދިޔުމުން އުތުރުގެ...

ހޯރަފުށީ އައިސްޕްލާންޓްގެ ބިންގާ އަޅައިފި
Thiladhunmathi News

ހޯރަފުށީ އައިސްޕްލާންޓްގެ ބިންގާ އަޅައިފި

ހއ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ ރޭ އަޅައިފިއެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ ހޯރަފުށީ ބަނދަރު ސަރަހައްދުގައި ގައެވެ. މި ރަސްމިއްޔާތުގައި އައިސްޕްލާންޓްގެ ބިންގާ އަޅުއްވާދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއާއި ހޯރަފުށީ ކެޔޮޅުންނެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯއާއި، ހޯރަފުށީ ކައުންސިލާއި، އެރަށުގެ ކެޔޮޅުންނާއ، މަސްވެރިންނާއި ބައިވެރިވެފައިވާއިރު، އެރަސްމިއްޔާތުގައި ވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވާފ...

ހޯރަފުށި އަދި ފީއަލީގައި ގާއިމުކުރާ އައިސްޕްލާންޓްގެ އީއައިއޭ ހަދައި ދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ހޯރަފުށި އަދި ފީއަލީގައި ގާއިމުކުރާ އައިސްޕްލާންޓްގެ އީއައިއޭ ހަދައި ދޭނެ ފަރާތެއް ހޯދަނީ

ހއ. ހޯރަފުށި އަދި ފ. ފީއަލީގައި ގާއިމުކުރާ އައިސްޕްލާންޓްގެ އީއައިއޭ ހަދާދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އިން ޢިއުލާން ކޮށްފިއެވެ. މިފްކޯއިންކުރި ޢިއުލާނެއްގައި ބުނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، މިހިނގާ ފެބުރުވަރީ މަހުގެ 10 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެކުންފުނީގެ އީ- މެއިލް corporate@mifco.com.mv  މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާކަމަށެވެ. މި މަސައްކަތަށް ކުރިމަތިލުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ދޫކުރެވޭ މ...

މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި
Business

މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި އެވެ. މިފްކޯއިން މިއަދު ބުނީ، މިއަދުން ފެށިގެން މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އެގޮތުން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން މަސް ދޯނި ފަހަރަށް 7 ރުފިޔާ 33 ލާރިއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 6.89 ލާރިއަށެވެ. މިއީ 44 ލާރީގެ ހެޔޮ ވުމެކެވެ. އޭގެ އިތުރުން […]

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފި
Business

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް އަގަށް ބަދަލު ގެނެސް، ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ. މިފްކޯއިން އޮޕަރޭޓުކުރާ ފިޝަރީޒް ކޮމްޕްލެކްސްތަކަށް އެ ކުންފުނިން ފޮނުވި މެމޯއެއްގައި ބުނީ މިއަދުން ފެށިގެން މިފްކޯގެ މަސް ސެންޓަރުތަކާއި ބޯޓުތަކުން ޑީސަލް ވިއްކާ އަގު ބަދަލު ކޮށްފައިވާ ކަމަށެވެ. އެގޮތުން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން މަސް ދޯނި ފަހަރަށް 8.65 ރުފިޔާ އަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 7.33 ރުފިޔާ އަށްކަމަށް އެ […]