މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) އާ ހަވާލުކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އައިބީއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި އިބްރާހިމް އަންވަރެވެ. އަދި މިފްކޯގެފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއެވެ.
އައިބީއެމުން ބުނިގޮތުގައި މިއީ މިފްކޯގެ އުފެއްދުންތައް އަވަހަށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވި އެއްބަސްވުމެކެވެ. އެހެންކަމުން މިހާރު އައިބީއެމްމެދުވެެރިކޮށްވެސް އޯޑަރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އައިބީއެމްއަށް މިފްކޯގެ މަސްދަޅު އޯޑަރު ކުރުމަށް ގުޅާނީ އެ ކުންފުނީގެ ހޮޓްލައިން 1619އަށެވެ. މިއީ ތާޒާ ފެނަށް ވެސް އޯޑަރު ކުރަން ގުޅާ ހޮޓްލައިނެވެ.
We are really glad to announce that IBM has signed a contract with Maldives Industrial Fisheries Company Ltd. - Mifco to...
Posted by Island Beverages Maldives Pvt Ltd on Thursday, April 8, 2021
މި އެއްބަސްވުމުގެ ދަށުން ތެލުގައި ބަންދުކޮށްފައި ހުންނަ މަސް ދަޅާއި ފެނުގައި ބަންދުކޮށްފައި ހުންނަ މަސްދަޅުގެ 48 ދަޅުގެ ކޭހާއި 24 ދަޅުގެ ކޭސްތަކަށް އޯޑަރުކުރެވޭނެއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!