ގއ. ކޫއްޑޫގައި އިމާރާތެއްގެ މަތިން ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެ އެވެ.
މިފްކޯއިން މަސް ފެކްޓްރީ ހިންގާ ކޫއްޑޫގައި ހުރި އިމާރާތެއްގެ މަތިން އެމީހާ ވެއްޓިފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހު އެވެ. އަދި އޭނާއަށް އެ އަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު، އިތުރުފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ.
އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗް ގައި ފަރުވާދެމުން ދަނިކޮށް އިއްޔެ އިރުއޮއްސި ހައެއް ޖަހާކަން ހާއިރު އެވެ. އެއީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ.
އޭނާ ވެއްޓިފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކޫއްޑޫގެ އިމާރާތެއްގެ ފުރާޅު ބަދަލު ކުރަން އުޅުމުގެ ތެރޭގައި 20 ފޫޓު މަތިން ނެވެ. އެ ހާދިސާގެ ސަބަބުން އޭނާގެ ބޮލަށް ވަނީ ވަރަށްބޮޑެތި އަނިޔާތަކެއް ލިބިފައި ކަމަށް އެކި މަސްދަރުތަކުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!