މިފްކޯއިން މަސް ގަންނަ އަގު ތިން ކެޓަގަރީއަކަށް ބަހާލައި މަތިކޮށްފި
ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނަ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ތިން ރޭޓެއްގައި މަސް ގަންނަން ފަށައިފިއެވެ. އެ ކުންފުނީގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް މަސް ގަތުމަށް ކަނޑައެޅި މި އައު އުސޫލުގެ ދަށުން، އެންމެ މަތީ އަގެއްގެ ގޮތުގައި ކިލޯއަކަށް 22.75 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސާފައެވެ. މިފްކޯއިން އަލަށް ކަނޑައެޅި އަގުތައް ތިން ކެޓަގަރީއަކަށް ބަހާލާފައިވާއިރު، 1 ޓަނާއި 5 ޓަނާ ދެމެދުގެ އަދަދަކަށް މަސް […]