މާއުނގޫދޫ ކައުންސިލުން ރައްޔިތުންގެ ޚިޔާލު ހޯދަން ''ގެއިން ގެއަށް''
ށ. މާއުނގޫދޫ ކައުންސިލް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ މަގުސަދުގައި “ގެއިން ގެއަށް” ނަމުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މި ހަރަކާތަކީ ރަށުގެ ތަރައްގީއާއި ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު ރައްޔިތުންގެ ހުރި ޚިޔާލާއި މަޝްވަރާތައް ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ދަތިތައް އޮޅުންފިލުވައި، ކައުންސިލާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ބަދަ...