ށ. މާއުނގޫދޫގައި އާ ފުޓްސަލް ދަނޑެއް އަޅަން އެރަށު ކައުންސިލުން ބަޔަކާ އިއްޔެ ހަވާލުކޮށްފިއެވެ.
އެރަށުގައި މިހާރުއޮތް ފުޓުސަލްދަނޑު އޭ ގްރޭޑްއަށް ފެތޭގޮތަށް ބޮޑުކޮށް، އާ ފުޓުސަލްދަނޑެއްއެޅުމަށް މާއުނގޫދޫ ކައުންސިލުން މި މަސައްކަތް ހަވާލުކުރީ އެޝުއަރ ސަޕްލައި އާއި އެވެ.
މާއުނގޫދޫ ކައުންސިލުގެ ޖަލްސާކުރާ މާލަމްގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތް ޙަވާލުކުރުމަށް އެއްބަސްވުމުގައި އެޝުއަރ ސަޕްލައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބުރާހިމް ލަތީފްއެވެ. ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އާދަމް ސަލީމްއެވެ.
މާއުނގޫދޫ ކައުންސިލުން ވިދާޅުވާ ގޮތުގައި މިއެއްބަސްވުމުގެ ދަށުން ދަނޑުގެ ސައިޒްބޮޑުކޮށް ހުރިހާ ވަސީލަތްތަކާއިއެކު ފުރިހަމަ ދަނޑެއް ތަރައްޤީ ކުރެވޭނެއެވެ.
މިމަސައްކަތް އެޝުއަރ ސަޕްލައިއާއި ޙަވާލުކުރެވިފައިވަނީ، 1،452،963.15 (އެއްމިލިއަން ހަތަރުލައްކަ ނުވަސަތޭކަ ފަސްދޮޅަސް ތިންރުފިޔާ ފަނަރަ ލާރި) އަށް ދެމަސް ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!