ށ.މާއުނގޫދޫގައި، ވިޔަފާރިތައް ފެށުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
މި ކޯޕްޝޮޕަކީ މާއުނގޫދޫ ކައުންސިލާއި، ރިއަލްޓީ ކޮންސަލްޓަންސީ މޯލްޑިވްސް ގުޅިގެން ކުރިޔަށް ގެންދިޔަ ވޯކްޝޮޕެކެވެ.
މާއުނގޫދޫ ކައުންސިލުން ހާމަކޮށްފައިވާގޮތުގައި މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން، އެ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.
މި ވޯކްޝޮޕްގައި މާކެޓް އެނަލައިސިސް ހެދުމުގެ މުހިއްމުކަމާއި ކެޕިޓަލް ފަންޑްސް ހޯދާނެ ތަފާތު ގޮތްތަކާއި، ވިޔަފާރި ފެށުމަށް މާކެޓިންގ ގެ މުހިއްމުކަމާއި އިޝްތިހާރުކުރުމާއި ބްރޭންޑް މެނޭޖްމެންޓްގެ އުކުޅުތަކާ ބެހޭގޮތުންނާއި އަދި ވިޔަފާރީގެ ތެރޭގައި އޮޕަރޭޝަންސް މެނޭޖްކުރާނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދީފަވެއެވެ.
ރިއަލްޓީ ކޮންސަލްޓަންސީ މޯލްޑިވްސްއިން މި ވޯކްޝޮޕްގައި މައުލޫމާތު ފޯރުކޮށްދީފައި ވަނީ އޮންލައިންކޮށެވެ.
މި ވޯކްޝޮޕްގައި ތިން ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ވޯކްޝޮޕް ކާމިޔާބުކަމާއެކު ފުރިހަމަަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!