ށ. މާއުނގޫދޫގައި މުށުމީ ބަދަލުތަކަށް މުޖުތަމައު ހޭލުންތެރިކުރުމުުގެ ގޮތުން ކެންވަސް ހަރުކޮށްފިއެވެ.
މި މަސައްކަތަކީ، ށ. އަތޮޅު ކައުންސިލާއި މާއުނގޫދޫ ކައުންސިލް އަދި ފެނަކަ މާއުނގޫދޫ ބްރާންޗް ގުޅިގެން، މޫސުމީ ބަދަލުތަކަށް ވިލުންވެރި މުޖްތަމަޢުއެއް ބިނާކުރުމަށާއި ކުނި މެނޭޖްކުރުމުގެ މަޤުސަދުގައި މީހުން ހޭލުންތެރިކުރުމަށް ކޮށްފައިވާ މަސައްކަތެކެވެ.
މިގޮތުން މި ކެންވަސް ހަރުކޮށްފައިވަނީ މާއުނގޫދޫ އައު ބަނދަރު ސަރަހައްދުގައެވެ.
މި ކެންވަސްގައި ފަރުތަކުގެ ދިރުމާއި ކަނޑުތަކުގެ މުއްސަނދިކަން ހާމަކޮށްދެމުން ޕްލާސްޓިކް ކަނޑަށް ނާޅަން އިލްތިމާސްކުރުމުގެ އިތުރުން އިސްރާނުފުކުރުމާއި ކުނި މަދުކުރުމަކީ އެންމެގެވެސް ޒިންމާއެއްކަން އާންމުންނަށް ހާމަވާހެން ފާހަގަވާން ހުރެއެވެ.
މާއުނގޫދޫ ކައުންސިލުން ވަނީ ކެންވަސް ހަރުކުރުމަށް ފެނަކަ މާއުނގޫދޫ ބްރާންޗުން ވެފައިވާ އެހީ ފާހަގަކޮށް ބްރާންޗުގެ މެނޭޖްމަންޓް އަށާއި މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!