ށ. މާއުނގޫދޫ ބަނދަރު ސަރަޙައްދުގައި ހުރި ރައްޔިތުންގެ ރުއްތައް ވަރުވާއަށް ދޫކުރުމަށް އެ ރަށު ކައުންސިލް އިދާރާއިން މިއަދު އިޢުލާނުކޮށްފިއެވެ.

މާއުނގޫދޫ ކައުންސިލުން ބުނީ، ބަނދަރުގައި ހުރި ރައްޔިތުންގެ 11 ރުއް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ކަމަށެވެ. މި ރުއްތައް ވަރުވާއަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

Ad
rt

މި ރުއްތައް ވަރުވާއަށް ދޫކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ އަހަރަކަށް 2,000.00 (ދެހާސް) ރުފިޔާ އެވެ.

ކައުންސިލުން ބުނި ގޮތުގައި، ރުއްތައް ކުއްޔަށް ނެގުމަށް އެދި ހުށަހަޅާ އެންމެ މަތީ އަގުތައް ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި އެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ޖެހިޖެހިގެން ތިން ދުވަސް ވަންދެން އެއް އަގެއްގައި އޮވެއްޖެ ނަމަ، އެ އަގެއް ހުށަހެޅި ފަރާތަކަށް ރުއްތައް ހަވާލުކުރެވޭނެ ކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއެވެ.

ރުއްތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ހުށަހަޅާ އެންމެ މަތީ އަގު ލިޔެ، އައިޑީ ކާޑުގެ ކޮޕީއަކާއެކު ސިޓީއުރައެއްގައި ބަންދުކޮށް ހުށަހަޅަންޖެހެއެވެ. އަގު ހުށަހެޅުމުގެ ސުންގަޑިއަކީ 20 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މާއުނގޫދޫ ކައުންސިލް އިދާރާގެ ނަންބަރު 6540056 އަށް ގުޅުއްވުމަށް އެ އިދާރާއިން އެދެއެވެ.