ށ. މާއުނގޫދޫ ކައުންސިލާ ގުޅިގެން އިޖުތިމާޢީ ޙަރަކާތްތައް ހިންގައިދޭނެ ފަރާތެއް އެރަށު ކައުންސިލުން ހޯދަން ފަށައިފިއެވެ.
މިކަމަށްޓަކާ މާއުނގޫދޫ ކައުންސިލުން ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ، ތަޢުލީމީ ދާއިރާއާއި، ސިއްޙީ ދާއިރާއާއި، ތިމާވެށީގެ ދާއިރާއާއި، ބޮޑެތި މީހުންގެ ތަޢުލީމާއި ކުރިއެރުމުގެ އިތުރުން ކުޑަކުދިންނަށް ކުރާއަނިޔާއާއި ގެވެށިއަނިޔާ ހުއްޓުވުމަށް ހިންގާ ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ޝައުޤުވެރިވާ ޖަމިއްޔާ ޖަމާޢަތްތަކާއި، ރަށުގެ މުއައްސަސާތަކަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ.
މިކަމަށް އެދޭފަރާތްތަކުން ހިންގަން ބޭނުންވާ ޕްރޮގްރާމްތަކުގެ ޕްރޮޕޯސަލެއް ތައްޔާރު ކުރައްވައި އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 1400 ގެ ކުރިން މާއުނގޫދޫ ކައުންސިލަށް ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!