ށ.މާއުނގޫދޫގައި ކަރަންޓަށް އަހުލުވެރި ކުރުމުގެ ގޮތުން "އިލެކްޓިރިކަލް އެޕްލިއަންސް ސޭފްޓީ ވޯކްޝޮޕް" ނަމުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
މި ވޯކްޝޮޕަކީ އެ ރަށު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން، އެ ރަށު ކައުންސިލާއި ފެނަކަ އިންސިޓިޔުޓް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ވޯކްޝޮޕެކެވެ.
ދެ ޖިންސަށް ހުޅުވާލައިގެން ބޭއްވި މި ވޯކްޝޮޕްގައި 35 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕް ފަރުމާކޮށްފައި ވަނީ ދެ ބަޔަކަށެވެ. އެއީ ތިއަރީ ބަޔާއި ޕްރެކްޓިކަލް ބައެވެ.
މި ވޯކްޝޮޕްގައި ވަނީ ކަރަންޓަކީ ކޮބައިކަމާއި، ކަރަންޓް ބޭނުން ކުރުމުގައި ސޭފްޓީގެ މުހިންމުކަމާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައެވެ. މީގެއިތުރުން ހައުސް މީޓަރުގެ ރީޑިން ކަލްކިއުލޭޓް ކުރާނެ ގޮތާއި ފެނަކަ އެޕް ބޭނުންކޮށްގެން ބިލް ދެއްކުންފަދަ ކަންކަމަށް މީހުން އަހުލުވެރިކޮށްފައި ވެއެވެ.
މީގެއިތުން ގޭތެރޭގައި ޖެހޭ ކަރަންޓްގެ ކުދިކުދި މަސައްކަތްތައް ކުރާނެ ގޮތުގެ ޕްރެކްޓިކަލް ސެޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި ޓޮޕާއި ހޯލަޑަރު ފަދަ ތަކެތި ގުޅަން ވަނީ ދަސްކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!