267 ސެންޓަރުގައި 8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިޙާން ފަށައިފި
މިއަހަރުގެ އޯލެވެލް އިމްތިޙާނު 8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ. ގްރޭޑް 10 ނިންމާ ދަރިވަރުން ބައިވެރިވާ މި އިމްތިޙާނު މިއަދުން ފެށިގެން ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ އިމްތިޙާނު ފަށާފައިވަނީ އެޗްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއިންނެވެ. ތަޢުލީމާ މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި ޖުމްލަ 8،111 ދަރިވަރުން ބައިވެރިވެފައިވެއެވެ. އ...