ފައުޒަންގެ ހަނދާނުގައި ހިތާމައިގެ ސުކޫތެއް
ފުވައްމުލަކުގައި އޮޔާދަމައިގަތް ދެ އަންހެން ކުދިން ސަލާމަތްކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ނިޔާވި އަހުމަދު ފައުޒާން ހަނދާނުގައި ހިތާމައިގެ ސުކޫތެއް ގެނެސްފި އެވެ. މިގޮތުން އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ނިޔާވި ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރު އަހުމަދު ފައުޒާންގެ ހަނދާނުގައި، ސްކޫލްތަކުގައި މިއަދު 1 މިނެޓްގެ ހިތާމައިގެ ސުކޫތެއް ގެނެސްފައިވާ ކަމަށެވެ. ހޮނިހިރިދުވަހު ފުވައްމުލަކު ސިޓީގެ މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު 17 އަހަރުގެ ކުއްޖަލު ގެ...