މި އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް މިއަދު ޗުއްޓީ އަށް ގޮސްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ތާވަލުގައިވާ ގޮތުން، ފުރަތަމަ ޓާމުގެ ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ.

Ad
rt

މި ހިނގާ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ދަރިވަރުންނަށް ލިބޭނީ މިއަހަރުގެ ޑިސެންބަރު މަހުގެ 18 އިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 16 އާ ހަމައަށެވެ.

މި ދިރާސީ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 218 ސްކޫލެއްގައި 77,000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލްކުރަމުންނެވެ. މީގެ ތެރޭގައި މިއަހަރު އަލަށް ގްރޭޑް 1 އަށް ވަދެފައިވާ 4,790 ދަރިވަރުން ހިމެނެއެވެ.

ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރު ވެސް އަތޮޅުތަކުން ގިނަ އަދަދެއްގެ ކުދިން ވަނީ މާލެ ސިޓީގެ ސްކޫލްތަކަށް ބަދަލުވެފައެވެ. މިގޮތުން މި އަހަރު އަތޮޅުތަކުން މާލެ އަށް 1،530 ދަރިވަރުން ބަދަލުވެފަވެއެވެ.

ތަޢުލީމީ ކަލަންޑަރުގައިވާ ގޮތުން އަންނަ 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ގަ އެވެ.