ސްކޫލްތަކުގެ އިސްވެރިން ނުވަތަ ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ބާއްވާ މަހާސިންތާ މިއަދު ފަށައިފިއެވެ.

މި މަހާސިންތާ އިފްތިތާހު ކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad
rt

ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ މި މަހާސިންތާގައި 210 ޕްރިންސިޕަލުން ބައިވެރިވެވަޑައިގަންނަވައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާއަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ރަނގަޅުކުރުމަށްޓަކައި ބާއްވާ މަހާސިންތާއެކެވެ. ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި މިއަހަރުގެ މަހާސިންތާއަކީ ކުރީގެ އަހަރުތަކާ ތަފާތު މަހާސިންތާއެކެވެ.

މި އަހަރުގެ މަހާސިންތާގެ އެންމެ ބޮޑު އެއް ޚާއްޞަކަމަކީ މުދައްރިސުންގެ ޚިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން މުދައްރިސުން ތަމްރީނުކުރުމަށް އެކި ލެވެލްގައި ކުރެވިދާނެ ކަންކަމާއި، ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަހާސިންތާގައި ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، ތަޢުލީމީ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި ސްކޫލްތަކުގެ އިސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކުރެވޭނެކަމަށް ތައުލީމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.