ޖަލަށް ފޯނާއި ޑްރަގް ވެއްދިކަމަށް ތުހުމަތުވާ ފަސް އޮފިސަރަކަށް ދައުވާ
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ ފަސް އޮފިސަރެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ 13 މުވައްޒަފަކު ހައްޔަރު ކުރީ 28 ޖޫން 2024 އެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 11 މުވައްޒަފަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުމުން ތިބީ ހައްޔަރުގައެވެ. އަނެއް ދެ...