މާފުށީ ޖަލުގައި ލިޔެލާ ޖެހުމާއި ކަސަބު ގެތުމާބެހޭ ދެ ވޯކްޝޮޕް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ބުނީ، މި ދެ ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޞަގާފީ މަސައްކަތްތައް އާލާކުރުމަށްޓަކަށް އޮފިސަރުންނާއި މުވައްޒަފުން ތަމްރީންކޮށް، އެމީހުން މެދުވެރިކޮށް ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދާ ޤައިދީންނަށް މި މަސައްކަތްތައް ދަސްކޮށްދިނުން ކަމަށެވެ.

Ad
rt

މިގޮތުން މިއަހަރުތެރޭ މާފުށީ ޖަލުގައި ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ޤައިދީންގެ އުފެއްދުންތައް ދައްކާލުމާއި، އެތަކެތި ވިއްކައިގެން އާމްދަނީއެއް ވެސް ލިބުމިގެ ފުރުޞަތު ހޯދައިދިނުމަކީ މި ވޯކްޝޮޕްތަކުގެ އެއް މަޤްޞަދެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހިންގާ މި ލިޔެލާ ޖެހުމުގެ ވޯކްޝޮޕްގައި 10 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވެއެވެ. އަދި ކަސަބު ގެތުމާބެހޭ ވޯކްޝޮޕްގައި ހަ ޕްރިޒަން އޮފިސަރުންނާއި ހަތަރު ސިވިލް މުވައްޒަފުން ބައިވެފައިވެއެވެ.

ޤައިދީންނަށް އަމާޒުކޮށްގެން މިފަދަ ވޯކްޝޮޕްތަކާއި ތަމްރީންތައް ހިންގުމަކީ ޤައިދީންގެ ރިހެބިލިޓޭޝަނަށް ލިބޭ ބޮޑު ކުރިއެރުމެއްކަމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ ފާހަގަކޮށްފައެވެ.

އެ ސާވިސަސް އިން އަބަދުވެސް މަސައްކަތްކުރަނީ ޤައިދީން ކުށްކުރުމުން ދުރުހެލިކޮށް، ޖަލުގައި ހޭދަ ކުރާ ދުވަސްތައް ފައިދާކުރެނެވި ދުވަސްތަކަކަށް ހެދުމަށާއި، އެމީހުން ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ދޫކުރުންކަމަށާއި، އަދި ގައިދީން ޖަލުން ނިކުތުމަށްފަހު، އާމްދަނީއެއް ހޯދޭނެ މަސައްކަތެއް ދަސްކޮށްދިނުން ކަމަށް ވެސް އެ ސާވިސް އިން ވަނީ ބުނެފައެވެ.

މި ދިޔަ އާދީއްތަ ދުވަހު ފެށި މި ދެ ވޯކްޝޮޕް ކުރިއަށްދާނީ ދުވަހުގެ ނިޔަލަށެވެ.