ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު މިރޭ ޢައްޔަނުކުރައްވައިފިއެވެ.

ޒަރީރު މި މަގާމަށް އައްޔަނުކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރުން އޮތީ މިރޭ ރައީސް އޮފީހުގައެވެ.

Ad
rt

ޒަރީރަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ނައިބު ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ.

ޒަރީރު މިރޭ ޖަލުތަކުގެ ވެރިއަކަށް ހަމަޖެއްސިއިރު، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިޢު މުޙައްމަދު މިރޭ ވަނީ އައްޔަނުކުރައްވާފައެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުގައި ކުރިން ހުންނެވީ އަހްމަދު މުހައްމަދު ފުޅެވެ. އޭނާ ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މި ސަރުކާރުގައި ޖަލުތަކުގެ ބެލެނިވެރި ވުޒާރާއަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އެވެ.