ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން، ކ. މާފުށީ ޖަލުގެ ޔުނިޓް 12 ގެ ވިންގ 1، އަދި ވިންގ 2 އަކީ އާންމު ޖަލެއްގޮތުގައި ކަނޑައަޅައިފިއެވެ.

އެކަން އަންގައި އެ ވުޒާރާއިން ކުރި ޢިއުލާނެއްގައި ބުނީ ކ. މާފުށީ ޖަލުގެ ޔުނިޓް 12 ގެ ވިންގ 1، އަދި ވިންގ 2 އަކީ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަނެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ތަނެއް ކަމަށެވެ.

Ad
rt

އެހެންކަމުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން އާންމު ޖަލެއްގެ ގޮތުގައި އެތަން ކަނޑައަޅާފައިވާ ކަމަށެވެ.

މިގޮތައް ކަނޑައަޅާފައި ވަނީ މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

މި ޖަލު ހިނގަމުން ދާނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަށުން ހިންގާ ޖަލެއްގޮތުގައި ކަަމަށް ވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޢިއުލާންގައި ބުނެފަވެއެވެ.