ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމްގެ ބަންދަށް އިތުރު ލުއިތަކެއް ރޭ ދީފިއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އޮކްޓޯބަރު 1 ވަނަ ދުވަހު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ފުރަތަމަ ވެސް އެދިވަޑައިގެންފައި ވަނީ އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ކުރީގެ ރައީސް ޔާމީން ގޭކޮޅަށް ބަދަލުކޮށް ދެއްވުމަށެވެ.

Ad
rt

އިންތިޚާބީ ރައީސްގެ އެދިވަޑައިގަތުމާއެއްގޮަތައް ޔާމީން އެރޭ ވަނީ ގޭކޮޅަށް ބަދަލުކޮށްފައެވެ. އަދި ޔާމީން ގޭކޮޅަށް ބަދަލުކުރީ ސިއްހީ ނުރައްކަލެއްގެ ސަބަބުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ވަނީ ވިދާޅުވެފައެވެ.

އެއަށްފަހު މާލެ ސަރަހައްދުން ބޭރަށް ނުދެވޭ ގޮތަށް ޔާމީން ޖަލު ބަންދަށް ލުދެއްވަން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ރޭ ވަނީ ނިންމަވައި ލުއިތަކެއް ދެއްވާފައެވެ. މިގޮތުން ރައީސް ޔާމީންގެ ޖަލު ބަންދަށް ދިން ލުޔާ ގުޅިގެން އެމަނިކުފާނަށް މާލެ ސަރަހައްދުގައި، މާލެ، ހުޅުމާލެ، ވިލިމާލޭގައި ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކަށް ހާޒިރުވެވޭނެ ކަމަށާއި، ބައްދަލުކުރުމަށް ބޭނުންވާ މީހުންނާ ބައްދަލުކުރެވޭނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.