ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ ފަސް އޮފިސަރެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ 13 މުވައްޒަފަކު ހައްޔަރު ކުރީ 28 ޖޫން 2024 އެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 11 މުވައްޒަފަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުމުން ތިބީ ހައްޔަރުގައެވެ. އަނެއް ދެ މުވައްޒަކު ބަންދުކުރީ 5 ދުވަހަށެވެ.
ޕީޖީ އޮފީހުން އިއްޔެ ބުނީ ކަރެކްޝަންސްގެ މުވައްޒަފުން އެ ސަރވިސްގެ ވަޒީފާގައި ތިބެ، ޤާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާއި ޚިލާފުވެ، އަދާކުރި ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ފުލުހުންނާއި އޭސީސީ ގުޅިގެން ތަޙުޤީޤެއް ހިންގައި މައްސަލަ އެ އޮފީހަށް ހުށަހަޅާފައިވާކަމަށެވެ.
އޭގެ ތެރެއިން ފަސް އޮފިސަރެއްގެ މައްޗަށް ދަޢުވާކުރުމަށް 22 އޮގަސްޓު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ދައުވާކުރަން ފޮނުވި އޮފިސަރުންނާއި އެމީހުންގެ މައްޗަށް ކުރި ދައުވާތައް
1. ޖިނާޙް ޢަބްދުއްރަޙީމް، އައިވަރީހައުސް/ރ. އުނގޫފާރު
- ދަޢުވާ 1: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.
- ދަޢުވާ 2: މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ.
- ދަޢުވާ 3: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާ.
2. ޢަލީ ހިޝާމް، ބީޗްހައުސް/ކ. މާފުށި
- ދަޢުވާ 1: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.
- ދަޢުވާ 2: މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ.
- ދަޢުވާ 3: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާ.
3. ޢަލީ ނާޡިމް، ތަރާނާގެ/ހދ. ނޭކުރެންދޫ
- ދަޢުވާ 1: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.
- ދަޢުވާ 2: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާ.
4. މުޙައްމަދު ފަތޫޙު ފަތުޙުﷲ، ކުއްޅަވައްގެ/ގއ. ވިލިނގިލި
- ދަޢުވާ 1: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.
- ދަޢުވާ 2: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާ.
5. ޢަލީ އަސްފާޤް، ކާމިނީގެ/ނ. ލަންދޫ
- ދަޢުވާ 1: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.
- ދަޢުވާ 2: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާ.
ހައްޔަރު ކުރި ކަރެކްޝަންސް 11 މުވައްޒަފަކު ޝަރީޢަތް ނިމެންދެން ބަންދަން
ޕީޖީން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް މިވަގުތަށް އަދި ދަޢުވާކޮށްފައި ނުވަނީ އެ މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ޤާރީނާ ލިބިފައިނުވާތީ ކަމަށެވެ.
މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!