މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް

67 Stories filed
އާއިލީ މައްސަލަތަކާއި ގުޅުންހުރި 40 މައްސަލައެއް މޭ މަހު ޖެންޑާ މިނިސްޓްރީއަށް!
Raajje

އާއިލީ މައްސަލަތަކާއި ގުޅުންހުރި 40 މައްސަލައެއް މޭ މަހު ޖެންޑާ މިނިސްޓްރީއަށް!

އާއިލީ މައްސަލަތަކާއި ގުޅުންހުރި 40 މައްސަލައެއް މޭ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ. ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 14 މައްސަލައާއި ހަޟާނާތުގެ 11 މައްސަލައާއި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 9 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 6 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއ...

ޖެންޑާ މިނިސްޓްރީއަށް މޭ މަހު 306 މައްސަލަ ރިޕޯޓުކޮށްފައިވޭ
Raajje

ޖެންޑާ މިނިސްޓްރީއަށް މޭ މަހު 306 މައްސަލަ ރިޕޯޓުކޮށްފައިވޭ

މިއަހަރުގެ މޭ މަހު 306 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ރިޕޯޓު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ. ކޮންމެ މަހަކު ވެސް ނެރޭ ތަފާސް ހިސާބުން ދައްކާގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 132 މައްސަލަ މޭ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަ ކަމަށާއި އެގޮތުން މިބާވަތުގެ 31 މައްސަލަ މޭ މަހު ހުށަހެޅިފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ. މީގެ […]

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރަނީ
Raajje

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ނިންމަވާފައެވެ. ރައީސް ޞާލިޙް މިގޮތަށް ނިންމެވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ މުރާޖަޢާކުރެއްވުމާ...

މޫސުން ގޯސްވުމުގެ ސަބަބުން "ގެވެށި ގުޅުން" ކާޓޫނު ޝޯ ފަސްކޮށްފި
Raajje

މޫސުން ގޯސްވުމުގެ ސަބަބުން "ގެވެށި ގުޅުން" ކާޓޫނު ޝޯ ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން, ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބާއްވަން ހަމަޖެއްސި “ގެވެށި ގުޅުން” ކާޓޫނު ސީރީސްގެ ޝޯ ފަސްކޮށްފިއެވެ. މި ޝޯވ އަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ފެމިލީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އާއި ސްޓެލްކޯ އަދި އާބަންކޯ ގުޅިގެން މިރޭ ކުރިއަށް ގެންދަން ނިންމާފައިވާ ޝޯވ އެކެވެ. ޖެންޑާ މިނިސްޓްރީން މިއަދު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން މި ޝޯވ މިހާރު މިރޭ ނުބާއްވާގޮތައް ނިންމައި، ޝޯވ ފަސްކޮށްފައިވާ […]

ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން ނެރެފި
Raajje

ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން ނެރެފި

“ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާހު ކޮށްފިއެވެ. މިއީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދާ ކާޓޫނު ސީރީސް އާއި ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާހުކޮށްދެއްވީ ރައީސް ސާލިހުގެ އަނބިކަނބަލުން ފަޒުނާ އަހްމަދުއެވެ. ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ...

ގެވެށި ގުޅުން ކެމްޕޭންގެ ހަރަކާތްތަކަށް ފެސިލިޓޭޓަރުން ތަމްރީނުކޮށްފި
Raajje

ގެވެށި ގުޅުން ކެމްޕޭންގެ ހަރަކާތްތަކަށް ފެސިލިޓޭޓަރުން ތަމްރީނުކޮށްފި

އަތޮޅުތެރޭގައި ކުރިއަށް ގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ހަރަކާތްތައް ފެސިލިޓޭޓަރުން ތަމްރީނުކޮށްފިއެވެ. ޖެންޑަރ މިނިސްޓްރީން ބުނީި މިއީ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ރަށްރަށުގައި ބަދަހި އާއިލީ ގުޅުން ގާއިމްކުރުމަށް ހިންގުމަށް ރޭވިފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ފެސިލިޓޭޓަރުން ކަމަށެވެ. މިފަދަ ފެސިލިޓޭޓަރުން ތަމްރީނުކުރުމަށް މިހައިތަނަށް 17 އަތޮޅެއްގެ 134 ރަށެއްގައި ތަމްރީން ޕްރޮގްރާމް ހިންގައި، 358 މީހުން ތަމްރީނުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބ...

އަރަބިއްޔާ ސްކޫލުގެ އަންހެން ކުދިންގެ މޫނު ބުރުގާ ނަގަން އެންގި މައްސަލަ ޖެންޑާ މިނިސްޓްރީއަށް!
Raajje

އަރަބިއްޔާ ސްކޫލުގެ އަންހެން ކުދިންގެ މޫނު ބުރުގާ ނަގަން އެންގި މައްސަލަ ޖެންޑާ މިނިސްޓްރީއަށް!

އަރަބިއްޔާ ސްކޫލްގައި ތައުލީމު ހާސިލް ކުރަމުންދާ އަންހެން ކުދިންގެ ބޫނު ބުރުގާ ނަގަން އެންގި މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ. މި މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި އަރަބިއްޔާ ސްކޫލްގައި ތައުލީމު ހާސިލް ކުރަމުންދާ މޫނު ބުރުގާ އަޅާ ކުދިންނާ މެދު އެކުދިންގެ ހައްގުތަށް ގެއްލޭ އުސޫލުން ސަރުކާރުގެ ގަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒު […]

"ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ފީޗާ ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
Raajje

"ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ފީޗާ ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

“ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ފީޗަރ ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ޖެންޑަރ މިނިސްޓްރީން އިއުލާން ކޮށްފިއެވެ. އެ މިނިސްޓްރީން ވިދާޅުވީ، އެ ފިލްމު ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުމަށް އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 10 ޖެހުމާއި ހަމައަށް ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވެއެވެ. މި ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާ އެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި […]

''ދެން މަސައްކަތް ކުރަންވީ ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް''
Raajje

''ދެން މަސައްކަތް ކުރަންވީ ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް''

ދެން މަސައްކަތް ކުރަންވީ، ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރޭ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ހުރިހާ ދާއިރާއެއްގައިވެސް މިންތީ ހަމަހަމަކަން ޤާއިމުކުރުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމ...

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ބެލުމުގެ ދަށުގައި 187 ކުދިން
Raajje

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ބެލުމުގެ ދަށުގައި 187 ކުދިން

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ބެލުމުގެ ދަށުގައި 187 ކުދިން ތިބި ކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ. އެ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު، ދައުލަތުގެ ބެލުމުގެ ދަަށަށް މިދިޔަ އަހަރު ވަނީ 40 ކުދިން ނަގާފައެވެ. އެއީ 23 އަންހެން ކުދިންނާއި 17 ފިރިހެން ކުދިންނެވެ. ތަފާސް ހިސާބުން ދައްކާ ގޮތުގައި އާއިލާތަކާއި ނުވަތަ ވަޒީފާ / އިންޓަރންޝިޕްގެ ފުރުސަތު ހޯދައިދީގެން ރީއިންޓެގެރޭޓް ކުރެވިފައިވަނީ 22 އަންހެން ކުދިންނާއި 18 […]

ޑިސެމްބަރު މަހު ކުޑަކުދިންނާ ގުޅޭ 245 މައްސަލައެއް
Raajje

ޑިސެމްބަރު މަހު ކުޑަކުދިންނާ ގުޅޭ 245 މައްސަލައެއް

ކުޑަކުދިންނާ ގުޅޭ 245 މައްސަލައެއް ޑިސެމްބަރު މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ. އެ މިނިސްޓްރީން ހާމަކުރެއްވި ތަފާސް ހިސާބުން ދައްކާގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 109 މައްސަލަ ޑިސެންބަރު މަހު ރިޕޯޓުކޮށްފައި ވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތައް […]

ލަކްސް ރިސޯޓުން "އަމާން ވެށި" މަރުކަޒުތަކަށް 20،000 ޑޮލަރު
Raajje

ލަކްސް ރިސޯޓުން "އަމާން ވެށި" މަރުކަޒުތަކަށް 20،000 ޑޮލަރު

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސްގެ “އަމާން ވެށި” މަރުކަޒުތަކުގައި ތިބޭ ކުދިންނަށް އެހީވުމަށް، ލަކްސް ރިސޯޓުން  20،000 ޑޮލަރު ހަދިޔާ ކޮށްފި އެވެ. މިކަމަށްޓަކައި އެ ރިސޯޓުގައު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހަދިޔާގައި ޖެންޑަރ އެންޑް ފެމިލީ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އައިޝަތު މުހައްމަދު ދީދީ އެވެ. ލަކްސް ރިސޯޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ރިސޯޓުގެ ޖެނެރަކް މެނޭޖަރ ޖޯން ރޮޖާސް އެވެ. މި ހަދިޔާ […]

ނޮވެންބަރު މަހު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 107 މައްސަލަ
Raajje

ނޮވެންބަރު މަހު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 107 މައްސަލަ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 107 މައްސަލަ ނޮވެމްބަރ 2022 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ. އެ މިނިސްޓްރީން ވިދާޅުވީ މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި އެގޮތުން އިހުމާލުވުމުގެ 28 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.  މީގެ އިތުރުން ޖިންސީ ހާނިކައިގެ 25 މައްސަލައާއި ޖިސްމާނީ ހާނިކައިގެ 18 މައްސަލައަކާއި ގެވެށި އަނިޔާގ...

މިއަހަރުގެ "ރިވެލި ފޯރަމް" ބާއްވައިފި
Raajje

މިއަހަރުގެ "ރިވެލި ފޯރަމް" ބާއްވައިފި

މިއަހަރުގެ ރިވެލި ފޯރަމް ބާއްވައިފި އެވެ. ޖެންޑަރ މިނިސްޓްރީން އިންތިޒާމުކޮށްގެން މި ފޯރަމް ބާއްވާފައިވަނީ އެއްދުވަހުގެ މުއްދަތަށެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ. ފޯރަމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ނުކުޅެދުންތެރިކަން ހުރި މީހުންނާއި ކުޑަކުދިންނަށް ހަމަހަމަ ފުރުސަތުތައް ފަހިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެފަރާތްތައް ބާރުވެރިކުރުވުމާއި، އެފ...

މިއަހަރުގެ "ރިވެލި މަޢުރަޒު" ފަށައިފި
Raajje

މިއަހަރުގެ "ރިވެލި މަޢުރަޒު" ފަށައިފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްގެން ބާއްވާ “ރިވެލި މަޢުރަޒު 2022” ފަށައިފިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހުނަރާއި، އުފެންދުންތެރިކަން ޢާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީން ބާއްވާ މި މައުރަޒު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވީ، މިއަދު ހެނދުނު ދަރުބާރުގޭގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖު...