މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް

67 Stories filed
ޔޫއޭއީން ދިން 40,000 ޑޮލަރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް
Raajje

ޔޫއޭއީން ދިން 40,000 ޑޮލަރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް

ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ފިޠުރު ޒަކާތުގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކުރި 40,000 އަށްވުރެ ގިނަ ޑޮލަރު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޢީދު ހަދިޔާގެ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހާމަކުރި ގޮތުގައި، މިއީ ޔޫއޭއީގެ ހެޔޮއެދުންތަކާއެކު އެމިރޭޓްސް ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި އިސްލާމީ ކަންތައ...

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިން މިހާތަނަށް އާއިލާތަކާ ހަވާލުކޮށްފި
Raajje

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިން މިހާތަނަށް އާއިލާތަކާ ހަވާލުކޮށްފި

ސަރުކާރުގެ ‘ކޮންމެ ކުއްޖަކަށް އާއިލާއެއް’ ސިޔާސަތުގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 110 ކުދިން މިހާތަނަށް އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް 110 ކުދިން އެކުދިންގެ އަމިއްލަ...

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ މަރުކަޒު އަޅަން 77 ރަށަކުން ޝައުގުވެރިވެއްޖެ
Raajje

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ މަރުކަޒު އަޅަން 77 ރަށަކުން ޝައުގުވެރިވެއްޖެ

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެ ފަދަ ތަފާތު ހަރަކާތްތައް ހިންގާނެ މަރުކަޒުތަކެއް ރަށްރަށުގައި ގާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި މަޝްރޫއަކީ އިސްރަށްވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވިގޮތުގައި މި މަރުކަޒުތައް ނުވަތ...

ގެވެށި އަނިޔާއާއި ޖިންސީ ކުށްތަކާ ގުޅޭ ގާނޫނީ އިޖްރާއަތުތަކަށް މެޖިސްޓްރޭޓުން އަހުލުވެރިކުރުމުގެ ތަމްރީނެއް
Raajje

ގެވެށި އަނިޔާއާއި ޖިންސީ ކުށްތަކާ ގުޅޭ ގާނޫނީ އިޖްރާއަތުތަކަށް މެޖިސްޓްރޭޓުން އަހުލުވެރިކުރުމުގެ ތަމްރީނެއް

ގެވެށި އަނިޔާ އާއި ޖިންސީ ކުށްތަކާ ގުޅޭ ގާނޫނީ އިޖްރާއަތުތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މެޖިސްޓްރޭޓުން އަހުލުވެރިކުރުމުގެ ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މި ފަސް ދުވަހުގެ ތަމްރީނަކީ ޖެންޑާ މިނިސްޓްރީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)، އަދި ޔޫއެންޑީޕީ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ އެހީގައި ހިންގާ ‘އެއިމް’ ޕްރޮޖެކްޓްގެ ދަށުން ފެށި ޖުޑީޝަރީ ސެންސިޓައިޒޭޝަން ޓްރޭނިންގެ ދެވަނަ ބެޗެވެ. މި ތަމްރީނުގެ މައިގަނޑު މަޤުސަދަކީ...

އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހާއްސަ ޕޮލިސީއެއް ތައާރަފްކޮށްފި
Raajje

އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހާއްސަ ޕޮލިސީއެއް ތައާރަފްކޮށްފި

އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަމާއި، ކަރާމާތް ހިފަހައްޓައި، މުޖުތަމަޢުގެ ތެރޭގައި އެބޭފުޅުންގެ އިޖުތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށްޓަކައި، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ޔުނެސްކެޕް) ގުޅިގެން، “ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް” މިއަދު ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި މުހިންމު ޕޮލިސީ ލޯންޗުކޮށްދެއްވީ ޔުނައިޓަޑް ނޭޝަންސްގެ ރެސިޑެންޓް ކޯޑިނޭޓަރ މރ. ހާއު ޖަންގ އެވެ. އިޖުތިމާއީ އަދި އާއިލީ ތަރަ...

ރާއްޖޭގެ އާބާދީގެ ހަތް އިންސަތަ މީހުން ނުކުޅެދުންތެރިކަން ހުރޭ
Raajje

ރާއްޖޭގެ އާބާދީގެ ހަތް އިންސަތަ މީހުން ނުކުޅެދުންތެރިކަން ހުރޭ

ދިވެހިރާއްޖޭގެ އާބާދީގެ 7 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ތަފާސްހިސާބުތަކާއި ހަވާލާދީ އެ ވުޒާރާއިން ބުނީ، ދިވެހިރާއްޖޭގެ އާބާދީގެ ހަތް އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށެވެ. ނުކުޅެދުންތެރިކަމަކީ، މީހާގެ ޤާބިލުކަމަށް އޭގެ ސަބަބުން އަސަރުފޯރާ ކަމެއްކަމަށާއި، އަދި ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށްވުމަކީ މުޖުތަމަޢުއިން އެމީހަކު ބާކީކުރުވާ ސަބަބަކަށް ވެގެންދާ ޙާލަތްތައް ވެސް އަންކަމަށް އެ ވުޒާރާއި...

އަންހެނުންގެ ހައްގުތަކާއި، އިޖުތިމާއީ މަސައްކަތްކުރާ ޖަމިއްޔާތަކުގެ ދައުރުފުޅާކުރުމާމެދު މަޝްވަރާކޮށްފި
Raajje

އަންހެނުންގެ ހައްގުތަކާއި، އިޖުތިމާއީ މަސައްކަތްކުރާ ޖަމިއްޔާތަކުގެ ދައުރުފުޅާކުރުމާމެދު މަޝްވަރާކޮށްފި

އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާ އަދި އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދޭ ޖަމިއްޔާތކުގެ ދައުރުފުޅާކޮށް، އެ ޖަމިއްޔާތަކާއެކު މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ސަރުކާރުގެ ދެ ވުޒާރާއެއްގެ ދެމެދު މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާ ބާއްވާފައި ވަނީ ޖެންޑަރ މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީއާއި ދެމެދުއެވެ. މި މަޝްވަރާއާއި ގުޅޭގޮތުން މައުލޫމާތު ދެމުން ޔޫތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ތިންކަމަކާމެދު މަޝްވަރާކުރެވުނު ކަމަށެވެ. މިގޮތުން މަޝްވަރާކުރެއްވި އެއް ކަމަ...

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތުގެ ދަށަށް
Raajje

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތުގެ ދަށަށް

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، ޞިއްޙީ ވުޒާރާގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހަމަޖައްސަވައިފިއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ކުރިން ހިންގަމުން އައީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުންނެވެ. މި ބަދަލުގެންނެވިކަން ހާމަކުރެއްވުމަށް ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ވާގޮތުން މިގޮތަށް ހަމަޖެއްސެވީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ސިއްހީ ވުޒާރާގެ ދަށަށ...

ށ.އަތޮޅުގައި އިޖުތިމާއީ ބަދަހި މަދަދުވެރިން ތަމްރީން ޕްރޮގްރާމް ފެށިގެން ކުރިއަށް
Thiladhunmathi News

ށ.އަތޮޅުގައި އިޖުތިމާއީ ބަދަހި މަދަދުވެރިން ތަމްރީން ޕްރޮގްރާމް ފެށިގެން ކުރިއަށް

ށ.އަތޮޅުގައި އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއާއި ށ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް، އެ އަތޮޅު ވެރިކަންކުރާ ފުނަދޫގައި ފަށާފައި ވަނީ އިއްޔެ (16 ޖުލައި 2024) އެވެ. ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ނިންމާލުމަށް ތާވަލު ކޮށްފައި ވަނީ މި މަހު 21 ވަނަ ދުވަހުއެވެ. އިޖުތިމާއީ ބަދަހި މަދަދުވެރިން އަތޮޅުތެރޭ ތަންރީން ކުރުމުގެ ބޭނުމަކީ […]

ނުކުޅެދުންތެރިކަން ހުންނަ ދެ މީހަކަށް ރަންގަލި ރިސޯޓުގެ ވަޒީފާ
Raajje

ނުކުޅެދުންތެރިކަން ހުންނަ ދެ މީހަކަށް ރަންގަލި ރިސޯޓުގެ ވަޒީފާ

ނުކުޅެދުންތެރިކަން ހުންނަ ދެ މީހަކަށް، ކޮންރަޑް މޯލްޑިވްސް، ރަންގަލި ރިސޯޓުން ވަޒީފާ ހަމަޖައްސައިދީފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެ ވުޒާރާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓަރންޝިޕް އަދި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުން ހިމެނޭ ކަމަށެވެ. މިގޮތުން މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ އެއް ފަރާތެއް އިނ...

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް އެއްބަސްވުމެއް
Raajje

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް އެއްބަސްވުމެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ކެއާ ސޮސައިޓީއާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ކެއާ ސޮސައިޓީގެ ފަރާތުން، އެ ވުޒާރާގެ ދަފްތަރުގައި ވަޒީފާގެ ފުރުޞަތު ހޯދުމަށް ނަން ނޯޓުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ފަރާތްތައް ތަމްރީނުކުރާ ގޮތަށެވެ. މި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވ...

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައު ހަތަރު ކޯހެއް އިފްތިހާހްކޮށްފި
Raajje

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައު ހަތަރު ކޯހެއް އިފްތިހާހްކޮށްފި

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދާ މީހުންނަށް އައު ހަތަރު ކޯހެއް އިފްތިހާހްކޮށްފިއެވެ. މި ކޯސްތައް އިފްތިތާޙްކޮށް ދެއްވީ، ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 48 ވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ރޭ ބޭއްވި ޙަފްލާގައި، އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ. މި ޙަފްލާގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަކޮށް، އަލަށް ފަށަން ހަމަޖެހިފައިވާ އެކި […]

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ފަހިކޮށް ދިނުމަށް ޚާއްޞަ ހަރަކާތެއް
Raajje

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ފަހިކޮށް ދިނުމަށް ޚާއްޞަ ހަރަކާތެއް

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހޮކޮށް ދިނުމަށް ޚާއްޞަ ފެސްޓިވަލެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބުރާސްފަތިދުވަހުގެ ރޭ ކުރިއަށް ގެންދެވި ފޭސްބުކް ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ސަރުކާރުން ބައެއް ސްކޫލްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ޚާއްޞަކޮށް ކިޔެވުމުގެ އިންތިޒާމު ހަމަޖައްސާފ...

ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފުތަރު ޑިޖިޓަލައިޒްކޮށް އާންމުކޮށްފި
Raajje

ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފުތަރު ޑިޖިޓަލައިޒްކޮށް އާންމުކޮށްފި

ކުޑަކުދިންނަށް ޖިންސީީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ކުށްވެރިންގެ ދަފްތަރު ޝާއިޢުކުރުމުގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ޝާއިޢުކުރަންޖެހޭ ކުށްވެރިންގެ ލިސްޓު، ޑިޖިޓައިޒްކޮށް މިއަދު ޝާއިޢުކޮށްފިއެވެ. ޑިޖިޓަލައިޒޭޝަންގެ މި މަސައްކަތް އިފްތިތާޙު ކޮށްދެއްވީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސްގައި އިއްޔެ އޮތް ޙަފްލާއެއްގައި، ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީއެވެ. މިލިސްޓު އަޕްޑޭޓްކުރުމުގެ މަސައްކަތުގައި...

ސޯޝަލް ވޯކަރުންގެ މުސާރަ ކުޑަވެއްޖެ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: ޖެންޑާ
Raajje

ސޯޝަލް ވޯކަރުންގެ މުސާރަ ކުޑަވެއްޖެ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: ޖެންޑާ

ސޯޝަލް ވޯކަރުންގެ މުސާރަ ކުޑަވެއްޖެ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން މިގޮތަށް ވިދާޅުވެ، ނޫސްބަޔާނެއް ނެރުނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރާއިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރުންގެ މުސާރަ ކުޑަވެ، މުވައްޒަފުންގެ މެދުގައި އެކަމާ މެދު ކަންބޮޑުވުންތައް ހުރިކަމަށް ބުނެ ބައެއް މީޑިއާތަކުގައި އޮޅުންއަރާ ގޮތަށް ޚަބަރުތައް ފަތުރަމުންދާތީއެވެ. އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ޕޭ ހާމަނައ...