މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ބެލުމުގެ ދަށުގައި 187 ކުދިން ތިބި ކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު، ދައުލަތުގެ ބެލުމުގެ ދަަށަށް މިދިޔަ އަހަރު ވަނީ 40 ކުދިން ނަގާފައެވެ. އެއީ 23 އަންހެން ކުދިންނާއި 17 ފިރިހެން ކުދިންނެވެ.

Ad
rt

ތަފާސް ހިސާބުން ދައްކާ ގޮތުގައި އާއިލާތަކާއި ނުވަތަ ވަޒީފާ / އިންޓަރންޝިޕްގެ ފުރުސަތު ހޯދައިދީގެން ރީއިންޓެގެރޭޓް ކުރެވިފައިވަނީ 22 އަންހެން ކުދިންނާއި 18 ފިރިހެން ކުދިންނެވެ.

މީގެ އިތުރުން ފޮސްޓަރ ކުރެވިފައިވާ ކުދިންގެ އަދަދަކީ 10 އެކެވެ. އެއީ 7 އަންހެން ކުދިންނާއި 3 ފިރިހެން ކުދިންނެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ބެލެހެއްޓުމަށް ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުން "އަމާން ވެށި" އަދި "އަމާން ހިޔާ" މަރުކަޒުތަކުގައި ކުދިން ތިބެއެވެ.

އެ މަރުކަޒު ތެރޭގައި ހިމެނެނީ ބ. އަމާން ވެށި، އޭދަފުށި، ށ. އަމާން ވެށި، ފުނަދޫ، ޏ. އަމާން ވެށި، ފުވައްމުލައް ސިޓީ، ހއ. އަމާން ވެށި، ދިއްދޫ އަދި ދ. އަމާން ވެށި، ކުޑަހުވަދޫ އާއި ލ. އަމާން ވެށި، ފޮނަދޫ އެވެ.

މީގެ އިތުރުން ނ. އަމާން ވެށި، މަނަދޫ، ހދ. އަމާން ވެށި، ކުޅުދުއްފުށި ސިޓީ، މ. އަމާން ވެށި، މުލައް އަދި ޅ. އަމާން ވެށި، ނައިފަރު އާއި ސ. އަމާން ވެށި، ހިތަދޫ ހިމެނެ އެވެ.