މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސްގެ "އަމާން ވެށި" މަރުކަޒުތަކުގައި ތިބޭ ކުދިންނަށް އެހީވުމަށް، ލަކްސް ރިސޯޓުން 20،000 ޑޮލަރު ހަދިޔާ ކޮށްފި އެވެ.
މިކަމަށްޓަކައި އެ ރިސޯޓުގައު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހަދިޔާގައި ޖެންޑަރ އެންޑް ފެމިލީ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އައިޝަތު މުހައްމަދު ދީދީ އެވެ. ލަކްސް ރިސޯޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ރިސޯޓުގެ ޖެނެރަކް މެނޭޖަރ ޖޯން ރޮޖާސް އެވެ.
މި ހަދިޔާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ސްޕެޝަލައިޒްޑް ޗައިލްޑް ކެއަރ އިތުރުކުރުމަށް މުވައްޒަފުން އުފެއްދުމަށް ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ބެލެހެއްޓުމަށް ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުން "އަމާން ވެށި" އަދި "އަމާން ހިޔާ" މަރުކަޒުތަކުގައި ކުދިން ތިބެއެވެ.
އެ މަރުކަޒު ތެރޭގައި ހިމެނެނީ ބ. އަމާން ވެށި، އޭދަފުށި، ށ. އަމާން ވެށި، ފުނަދޫ، ޏ. އަމާން ވެށި، ފުވައްމުލައް ސިޓީ، ހއ. އަމާން ވެށި، ދިއްދޫ އަދި ދ. އަމާން ވެށި، ކުޑަހުވަދޫ އާއި ލ. އަމާން ވެށި، ފޮނަދޫ އެވެ.
މީގެ އިތުރުން ނ. އަމާން ވެށި، މަނަދޫ، ހދ. އަމާން ވެށި، ކުޅުދުއްފުށި ސިޓީ، މ. އަމާން ވެށި، މުލައް އަދި ޅ. އަމާން ވެށި، ނައިފަރު އާއި ސ. އަމާން ވެށި، ހިތަދޫ ހިމެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!