ތިމާވެއްޓާ ރައްޓެހި މިނީ ބަސް ރާއްޖެ ގެނެސް އެ ބަސް ޗާޖު ކުރަން ޗާޖިން ސްޓޭޝަން ގާއިމްކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓު މިނިސްޓްރީއާ ދެމެދި އެއްބަސްވެއްޖެއެވެ.
މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުބް ސޮއި ކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޝައުނާ ވިދާޅުވީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ ހިލޭ އެހީގެ ދަށުން ތިމާވެއްޓާ ރައްޓެހި ދެ އިލެކްޓްރިކް މިނީ ބަސް ގެންނާނެ ކަމަށެވެ. އެއީ 2030 ވަނަ އަހަރު އަންނަން ވާއިރަށް ނެޓްޒީރޯގެ އަމާޒަށް ވާސިލްވުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ޓްރާންސްޕޯޓު ސިސްޓަމެއް ގާއިމްކުރުމަށާއި ހުޅުމާލޭގައި އެހެން މީހުންނަށް ވެސް ބޭނުންކުރެވޭ ބައިސްކަލް ސްކީމެއް ގާއިމްކުރަން ވެސް ނިންމާފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ. މި ސްކީމުގައި 200 ބައިސްކަލް ހިމެނޭނެއެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ މިނީ ބަހާ ހުޅޭގޮތުން ގިނަ ސުވާލު އަމާޒުވާ ކަމަށާއި ނަމަވެސް ބަޖެޓުގެ ދަތިކަމާހެދި އެކަން ނުރެވި އޮތީ ކަމަށެވެ. އެހެންވެ، މި ދެ ބަސް ހިލޭ ލިބުމަކީ ހިދުމަތުގެ ފެށުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
An MoU was signed between @MoEnvmv & @MoTCAmv under the ‘Integrated, Sustainable, Low Emissions Transport in the Maldives’ Project. Through this MoU, 2 electric minibuses, an associated charging station & an Integrated Transport Master plan will be established for Male’ region. pic.twitter.com/gBPR2v2oDR
— Min. of Environment, Climate Change and Technology (@MoEnvmv) November 30, 2021
ފިޔަވަހިތަކަކަށް ބަހާލައިގެން ތިމާވެއްޓާ ރައްޓެހި ބަސްތަކެއް ގެނައުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ފިނޭންސް މިނިސްޓްރިއާ ވެސް އިއްޔެ ބައްދަލުކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!