ބައިނަލްއަގުވާމީ ދަތުރުތައް ކުރުމުގެ ހުއްދަ މިހާތަނަށް ރާއްޖޭގެ ތިން އެއާލައިނަށްވެސް ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައެވެ. އޭނާ ވިދާޅުވޫ މިއަހަރުގެ މައިގަނޑު އަމާޒަކީ ކޮވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަވުން ކަމަށެވެ. އަދި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ދާއިރާ ފުޅާ ކުރުމަށާއި އިތުރަށް ތަރައްގީ ކުރުން ކަމަށެވެ.
މި މަގުސަދު ހާސިލް ކުރުމަށް އެއާލައިންތަކުގެ ހަރަކާތްތައް އިތުރުކޮށަ އެއާޕޯޓުތައް ތަރައްހީ ކިރިމުގެ މަސައްކަތް ހިމެނޭ ކަމަށަ ނަހުލާ ވިދާޅުވިއެވެ. ބައިނަލްއަގުވާމީ ދަތުރުގެ ހުއްދަ ތިން އެއާލައިނަށަ ދިނީވެސް މި ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހި އެއާލައިނުގެ ތެރޭގައި ހިމެނެނީ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ފްލައިމީ އާއި މަންޓާ އެއާގެ އިތުރުން ޓީއެމްއޭއެވެ. ޓީއެމްއޭއަކީ އަދި ހަމައެކަނި ސީޕްލޭން އޮޕަރޭޓް ކުރާ އެއާލައިނެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި އެގޮތުން، އޭޕްރަން އަށް މުޅިން އަލަށް ބައިތަކެއް އިތުރުކޮށް ބޭނުންކުރަން ފެށުމުގެ އިތުރުން، ކުރިން ބޭނުން ކުރަމުން އައި އޭޕްރަން އަޕްގްރޭޑް ކުރެވި މިހާރު ބޭނުން ކުރަންފަށާފައިވާކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ހެލިކޮޕްޓަރު އޮޕަރޭޝަންތަކަށް ހުއްދަދިނުމަށް ތައްޔާރުވަމުން އަންނަކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ. އެގޮތުން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއެކު އެކަމަށް ހުއްދަ ދިނުމުގެ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!