ރޯދަމަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މާލޭގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީ އިން އާއްމުކޮށްފިއެވެ.

އެ މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނީ މާލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:30 އާ ދެމެދު ކަމަށާއި ރޭގަނޑު 8:00 އިން ހެނދުނު 6:00 އާ ދެމެދު ކަމަށެވެ.

Ad
rt

މި ގަޑިތަކުގައި ހުރިހާ ބާވަތެއްގެ އަދި ހުރިހާ ގިންތިއެއްގެ މުދާ އުފުލޭނެއެވެ. އަދި މި ވަގުތު ފެނާއި ކައްކާ ގޭސް ވެސް ބްރިޖު ހުރަސްކޮށް ގެންދެވޭނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

ބްރިޖު މަތިން ގަނޑުކޮށް ވިޔަފާރި މުދާ އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:30 އަށެވެ. އަދި ދަންވަރު 1:00 އިން ފެށިގެން އަދި ހެނދުނު 6:00 އަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނު ގޮތުގައި ބްރިޖުން ދަތުރު ކުރާ މުދާ އުފުލާ އުޅަނދުތައް ބްރިޖަށް އަރަން ޖެހޭނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުންނެވެ.

ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ ގަޑި ނޫން ގަޑިތަކުގައި މުދާ އުފުލުމަކީ މަނާކަމެކެވެ.