އަންނަ ނޮވެމްބަރުން ފެށިގެން އަލުން ޑޮމެއިން ނަންބަރުތައް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަލުން ޑޮމެއިންގެ ޚިދުމަތް ފަށާއިރު މިހާރު އަމަލުކުރަމުން އަންނަ އުސޫލުތަކާއި ޤަވާޢިދު ވެސް އިސްލާޙް ވެގެން އަންނާނެ ކަމަށެވެ. އަދި ޑޮމެއިން ޚިދުމަތް ދިނުމާގުޅޭ ލިޔެކިޔުން ތަކަކީ ސެކިއުރިޓީ ފީޗާސް އެކުލެވޭ ލިޔެކިޔުންތަކަކަށް ބަދަލުވެގެން ދާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެފަވެއެވެ.

Ad
rt

އެ މިނިސްޓްރީން ވަނީ މި މަސައްކަތުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް ނާންނާނެކަމުގެ ޔަޤީންކަން ވެސް ދީފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މަޤްޞަދަކީ ޑޮމެއިން ޚިދުމަތާއި ގުޅިގެން ކުރިމަތިވެފައިވާ މައްސަލަތަކަށް ޤާނޫނީ ހައްލު ހޯދައިދީ އެ ޚިދުމަތަކީ ލުއިފަސޭހައިން ލިބޭ ޚިދުމަތަކަށް ހެދުންކަމަށް ވެސް އެ މިނިސްޓްރީން ބުނެފަވެއެވެ.

''މި މިނިސްޓްރީން މަސައްކަތް ކުރަމުން މިދަނީ މި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އަލުން ޑޮމެއިންގެ ޚިދުމަތްފަށައި، ދިމާވެފައިވާ މައްސަލައަށް ހައްލު ކުރުމުގެ މަސައްކަތް ފެށުމަށެވެ.'' ޓްރާންސް ޕޯޓް މިނިސްޓްރީން ބުނެފަވެއެވެ.

އެ މިނިސްޓްރީން ވަނީ މިކަމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލުމަށް އެދިފައެވެ.