އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލުވާގޮތަށް ޤައުމީ ކެމްޕެއިނެއް ފެއްޓެވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މި ގޮތަށް ނިންމެވީ މިދިޔަ އާދިއްތަ ދުވަހު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައި ވަޒީރުންގެ ލަފާފުޅާއެކުގައެވެ.

Ad
rt

މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މޯލްޑިވަސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކުގައެވެ.

ރާއްޖޭގައި އެއްގަމު އުޅަނދުތަކުގެ އެކްސިޑެންޓްތައް ނިސްބަތުން އިތުރުވެފައިވާއިރު، މަގުމަތީގެ ގަވާއިދުތަކަށް މީހުން ހޭލުންތެރިކުރުމަށް ފުލުހުންނާއި އަދި ކަމާބެހޭ އެހެން މުއައްސަސާތަކުން ކުރިން ވެސް އަންނަނީ އެކިހަކަލަ ޕްރޮގްރާމްތައް ހިންގަމުންނެވެ.