ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވާލައި، އެ ދަފުތަރުގައި ރަޖިސްޓަރީވުމަށް ޓެކްސީ ޑްރައިވަރުންނަށް ހުޅުވާލައިފިއެވެ.
ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު އެވެ.
ދިވެހިރާއްޖޭގައި ޓެކްސީކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ނިންމެވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެލަފާ ހޯއްދެވުމަށްފަހުއެވެ.
ރާއްޖޭގައި ޓެކްސީ ދުއްވާ ފަރާތްތަކުގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލަން ނިންމައިފި
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އިއްޔެ ކުރި ޢިއުލާނެއްގައި ބުނީ، ރައީސްގެ ވަޢުދުފުޅާއެއްގޮތައް، ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް އެ ވުޒާރާގެ ފަރާތުން އެކުލަވާލައި، މި ދަފްތަރުގައި ޓެކްސީ ޑްރައިވަރުން ރަޖިސްޓަރީވުމަށް މިހާރު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
''މި ދަފްތަރުގައި ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން މިވުޒާރާގެ ސިމްސް ޕޯޓަލް އިން މިކަމަށް ހާއްސަކުރެވިފައިވާ ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.'' ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
މި ކަމަކީ، ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފްތާ 14 ގެ މަގުޗާޓުގައި ހިމަނާފައިވާ ކަމެއް ވެސް މެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!