މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އައިޝަތު އަލީ

19 Stories filed
ނައިފަރު ދަރިވަރު ޝަޔާން ލިޔުނު ފޮތުގެ ކޮޕީއެއް ތައުލީމާބެހޭ ވަޒީރަށް ހަދިޔާކޮށްފި
Raajje

ނައިފަރު ދަރިވަރު ޝަޔާން ލިޔުނު ފޮތުގެ ކޮޕީއެއް ތައުލީމާބެހޭ ވަޒީރަށް ހަދިޔާކޮށްފި

ދަތިކަމުގެ ތެރޭން ކާމިޔާބީޔާބީއަށް ވާސިލްވި ޅ. ނައިފަރު ބައެއް މީހުންގެ ހަޔާތުގެ ވާހަކަތަކުގެ މައްޗަށް، އެރަށު މަދްރަސަތުލް އިފުތިތާހުގެ ގްރޭޑް 10 ގެ ދަރިވަރަކު ލިޔުނު ފޮތުގެ ކޮޕީއެއް ތައުލީމީ ވަޒީރު ޑރ. އައިޝަތު އަލީ އަށް ހަދިޔާ ކޮށްފިއެވެ. މި ފޮތް ލިޔެފައިވަނީ އެ ސްކޫލުގެ ގްރޭޑް 10 ގައި ތައުލީމު ހާސިލުު ކުރަމުންދާ ދަރިވަރު، އަޙްމަދު ޝަޔާން އަންވަރު އެވެ. އޭނާގެ މި ފޮތަކީ ދަތި އުނދަގޫތަކާއެކު ވެސް ކާމިޔާބީއާ ހަމައަށް ވާސިލުވި، ނައިފަރުގެ […]

އަރަބިއްޔާގެ އައު އިމާރާތް 2024 ގައި ބޭނުންކުރެވޭވަރުވާނެ: މިނިސްޓަރު
Raajje

އަރަބިއްޔާގެ އައު އިމާރާތް 2024 ގައި ބޭނުންކުރެވޭވަރުވާނެ: މިނިސްޓަރު

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް 2024 ގައި ބޭނުންކުރެވޭވަރުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އައު އިމާރާތުގެ ކޮންސެޕްޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ޑީޓެއިލް ޑްރޯވިންގ ގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން ބާ ޖަމާލުއްދީންގެ މަސައްކަތް މިއަދުގެ ވަގުތެއްގައި ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަރަބިއްޔާ ސްކޫލަށް އައު އިމާރާތެއް […]

ރެފްރީއަށް ހަމަލާދިން މައްސަލަ އެޑިއުކޭޝަނުން ކުށްވެރިކޮށްފި
Raajje

ރެފްރީއަށް ހަމަލާދިން މައްސަލަ އެޑިއުކޭޝަނުން ކުށްވެރިކޮށްފި

ކުޅިވަރުގެ ރޫޙާ ޚިލާފަށް ހިންގި އަމަލުތައް ތަކުރާރު ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. އެ މިނިސްޓްރީން މިގޮތަށް އިލްތިމާސް ކުރައްވާފައި މިވަނީ އިންޓަރ ސްކޫލް މުބާރާތެއްގެ ތެރެއިން ރެފްރީގެ ނިންމުންތަކެއްގެ ސަބަބުން ހިންގާފައިވާ ހަމަނުޖެހުމެއްގެ ސަބަބުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެފަދަ މުބާރާތްތަކަކީ ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން ދަރިވަރުން ކިބައިގައި އިޖުތިމާއީ އަދި އަޚުލާގީ ރިވެތި ސިފަ އަށަގެންނެވުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ހ...

ދެ ހަފްތާގެ ޗުއްޓީއަށް ފަހު، ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
Raajje

ދެ ހަފްތާގެ ޗުއްޓީއަށް ފަހު، ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި

ދެ ހަފްތާގެ ޗުއްޓީއަށް ފަހު، ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި އެވެ. ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، ރާއްޖޭގައި މީގެ ކުރިން އަމަލުކުރަމުން އައި އެކެޑެމިކް ކަލަންޑަރަށް މިހާރުވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން 2022 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފަށާފައި ވަނީ އެ އަހަރުގެ އޮގަސްޓް 7 ގަ އެވެ. އެ ޓާމްގެ ކިޔެވުން ކުރިއަށް ގެންދިޔައީ ޑިސެމްބަރު 24 ވަނަ ދުވަހާ ހަމައަށެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށިއިރު، މި […]

ހުޅުމާލޭ ރެހެންދި ސްކޫލުގެ ދެ ފަންގިފިލާއެއްގައި އަލިފާނުގެ ހާދިސާއެއް، ކުއްޖަކަށް ގެއްލުމެއް ނުލިބޭ
Raajje

ހުޅުމާލޭ ރެހެންދި ސްކޫލުގެ ދެ ފަންގިފިލާއެއްގައި އަލިފާނުގެ ހާދިސާއެއް، ކުއްޖަކަށް ގެއްލުމެއް ނުލިބޭ

ހުޅުމާލޭ ރެހެންދި ސްކޫލުގެ ދެ ފަންގިފިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު 06:30 ގައިި ކަމަށާއި މާގިނައިރުތަކެއް ނުވެ، އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ އަލިފާނުގެ ހާދިސާ ހިނގީ އެ ސްކޫލުގެ 4 އަދި 5 ވަނަ ފަންގިފިލާގައި ހުރި ކަރަންޓު ޕެނަލް ބޯޑެއްގައި ރޯވެގެން ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް ދަރިވަރަކަށް އަދި މުވައްޒަފަކަށް ވެސް ގެއްލުމެއް ނުވާކަމަށެވެ. މީގެ […]

އަންނައަހަރު، ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ތިބޭނީ ދިވެހި ޕްރިންސިޕަލުން: މިނިސްޓަރ
Raajje

އަންނައަހަރު، ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ތިބޭނީ ދިވެހި ޕްރިންސިޕަލުން: މިނިސްޓަރ

އަންނައަހަރުގެ ދިރާސީ އަހަރު ފެށޭއިރު، ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ތިބޭނީ ދިވެހި ޕްރިންސިޕަލުން ކަމަށް ތައުލީމާއިބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ބަޖެޓު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ނެވެ. އެގޮތުން ރާއްޖޭގެ ހުރިހައި ސްކޫލެއް ހިންގުމަށް ދިވެހި ޕްރިންސިޕަލުން ހަމަޖެއްސުމަކީ ރައީސްގެ މުހިއްމު އެއް ސިޔާސަތު ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ސަރުކާރުގެ މުހިއްމު އެއް ސިޔާސަތަކީ ކޮންމެ ރަށެއްގެ ސްކޫލްގައި ވެސް އެރަށަކަށް ނިސްބ...

ސްކޫލެއްގެ ކާމިޔާބީ ފާހަގަވެގެންދަނީ އެސްކޫލެއްގެ ދަރިވަރުންގެ ތެރެއިން ޤައުމީ ޚިދުމަތަށް ނުކުންނަ ދަރިވަރުންގެ ނިސްބަތުން: އައިޝަތު އަލީ
Raajje

ސްކޫލެއްގެ ކާމިޔާބީ ފާހަގަވެގެންދަނީ އެސްކޫލެއްގެ ދަރިވަރުންގެ ތެރެއިން ޤައުމީ ޚިދުމަތަށް ނުކުންނަ ދަރިވަރުންގެ ނިސްބަތުން: އައިޝަތު އަލީ

ސްކޫލެއްގެ ކާމިޔާބީ ފާހަގަވެގެންދަނީ އެސްކޫލެއްގެ ދަރިވަރުންގެ ތެރެއިން ޤައުމީ ޚިދުމަތަށް ނުކުންނަ ދަރިވަރުންގެ ނިސްބަތުން ކަމަށް ތައުލީމާއިބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ މަޖީދިއްޔާއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ މުހިއްމު ހިއްސާދާރެއްކަން ވެސް ފާހަގަކުރައްވާފަ އެވެ. އަދި ދިވެހި ދައުލަތުގެ އެންމެ ފާހަގަކުރެވޭ މަޤާމުތަކުގައި މަޖީއްދިއްޔާ ސްކޫލަށް ނިސްބަތްވާ ދަރިވަރުން ތިބު...

ޖީޕީއީ ގެ ބޯޑު މެންބަރުކަމަށް ރާއްޖޭގެ ތައުލީމާބެހޭ ވަޒީރު
Raajje

ޖީޕީއީ ގެ ބޯޑު މެންބަރުކަމަށް ރާއްޖޭގެ ތައުލީމާބެހޭ ވަޒީރު

ގްލޯބަލް ޕާޓްނަޝިޕް އިން އެޑިއުކޭޝަން (ޖީޕީއީ) ގެ ބޯޑު މެންބަރުކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހޮވިވަޑައިގެންފި އެވެ. އެކަމަނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެ ބޯޑަށް ހޮވިވަޑައިގަތީ އޭޝިއާ އަދި ޕެސިފިކް ރީޖައިން ތަމްސީލުކުރުމަށް ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޖީޕީއީގެ ބޯޑު މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޖީޕީއީއަށް ނަން ހުށަހެޅުމުން، އެ އިދާރާގެ ސެކްރެޓޭރިއޭޓުން އެ ނަމެއް އޭޝިއާ ޕެސިފިކް ދާއިރާގެ މެންބަރު ގައުމުތަކުގެ ތާއީދު ލިބޭތޯ ބަލަން...

މިނިސްޓަރާއި ބައްދަލުވުމުން ހުސައިން އެދުނީ، ފަށާ ތަޢުލީމަށް ބޭބީ ނާސަރީއާއި ނާސަރީ ހިމެނުމަށް
Thiladhunmathi News

މިނިސްޓަރާއި ބައްދަލުވުމުން ހުސައިން އެދުނީ، ފަށާ ތަޢުލީމަށް ބޭބީ ނާސަރީއާއި ނާސަރީ ހިމެނުމަށް

ހދ. މަކުނުދޫގައި ފަށާ ތަޢުލީމް ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި، އެ ރަށު ނާރެސް، ހުސައިން ޖަލީލާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ބައްދަލު ކުރައްވައިފިއެވެ. މި ފުރުޞަތަކީ ހުސައިން ޖަލީލްގެ އެދިލެއްވުމުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ހޯއްދަވައި ދެއްވި ފުރުޞަތެކެވެ. ރާއީ ވަނީ ހުސައިން ޖަލީލަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރެއްވި ސަބަބު، ވެސް ހިއްސާ ކުރައްވާފައެވެ. ރާއީ ވިދާޅުވެފައި ވަނީ ހުސައިންއާއި ފުރަތަމަ ބައްދަލުވ...

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތާއި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތްކުރަން ހަވާލުކޮށްފި
Raajje

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތާއި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތްކުރަން ހަވާލުކޮށްފި

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތާއި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތް ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފި އެވެ. ބާ ޖަމާލުއްދީން ބިމުގައި އަޅާ މި ދެ ސްކޫލް އެޅުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އަމީން ކޮންސްޓްރަކްޝަންގެ ސެކްރެޓަރީ އިބްރާހިމް ނިހާދެވެ. މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން އަޅާ ދެ ސްކޫލް އެޅުމަށް އެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ 168.5 މިލިއަން ރުފިޔާ އަށް...

ކުމުންދޫ އާއި ނޭކުރެންދޫ ސްކޫލުގައި އިމާރާތްކުރާ ކްލާސް ރޫމުތަކުގެ މަސައްކަތް ދަނީ ކުރިއަށް: އައިޝަތު އަލީ
Parliament

ކުމުންދޫ އާއި ނޭކުރެންދޫ ސްކޫލުގައި އިމާރާތްކުރާ ކްލާސް ރޫމުތަކުގެ މަސައްކަތް ދަނީ ކުރިއަށް: އައިޝަތު އަލީ

ހދ. ކުމުންދޫ އާއި ނޭކުރެންދޫ ސްކޫލުގައި އިމާރާތްކުރާ ކްލާސް ރޫމުތަކުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ. މެމްބަރު ރާއީ ސުވާލު ކުރެއްވީ މިއަހަރަކީ ކުމުންދޫ ސްކޫލަށް 75 އަހަރު ފުރޭ އަހަރުކަމަށްވާއިރު، އެކަން ފާހަގަކުރުމުގެ ތައްޔާރީތައްވަމުން އަންނައިރު، އެ ސްކޫލުގައި އިމާރާތް ކުރާ […]

''ދަރިވަރުންނާ މުއާމަލާތްކުރާ މީހުންދެނެގަނެ ސަމާލުވާންޖެހޭ''
Raajje

''ދަރިވަރުންނާ މުއާމަލާތްކުރާ މީހުންދެނެގަނެ ސަމާލުވާންޖެހޭ''

ދަރިވަރުންނާ މުއާމަލާތްކުރާ މީހުންދެނެގަނެ، ގެއްލުމެއް ކުރިމަތިވިޔަ ނުދިނުމަށް ސަމާލުވާންޖެހޭކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު އަލީ ވިދާޅުވެއްޖެއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން މިނިސްޓަރު ޑރ.އައިޝަތު ޢަލީ ދެއްވި ޚިތާބުގައި ވިދާޅުވީ، އައު އަހަރެއްގެ ކިޔެވުން ފެށިގެންދާއިރު ލިބޭ އެންމެ ބޮޑު އުފަލަކީ ކޯވިޑްގެ ބަލިމަޑުކަމުން އާންމު ހާލަތަކަށް ބަދަލުވެ، ކިޔަވައިދިނިމުގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ހެޔޮ ނަސީބު ލިބިފައިވުން ކަމަށެވެ. ދީނީ، އަދަބީ އަދި އިޖުތިމާއީ ހަރ...

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ތަޅާލަނީ
Raajje

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ތަޅާލަނީ

އަރަބި ބަހުން ތައުލީމް ފޯރުކޮށްދޭ ހަމަ އެކަނި ސްކޫލް ކަމަށްވާ އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށް ބާ ޖަމާލުއްދީންގެ އިމާރާތް ތަޅާލަން ފަށައިފިއެވެ. މީގެ ކުރިން އެ ސްކޫލް ހިންގަމުން އައީ އަމީނިއްޔާ ސްކޫލް ކުރިމަތީގައި ހުރި އިމާރާތެއްގައެވެ. އަރަބިއްޔާ ސްކޫލަށް އައު އިމާރާތެއް ހެދުމުގެ މަސައްކަތް ފެށިފައި މިވަނީ އެ ސްކޫލް ހިންގަމުން ދިޔަ އިމާރާތުގައި ރެނދުލާ ދަރިވަރުންނަށް ނުރައްކާތެރި މާހައުލަކަށް ސްކޫލު ވެފައިވާތީ އެ ޝަކުވާ ބޮޑުވެ އެންމެ ފަހުން ބެލެނެވެރިން […]

މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށް ބޭތިއްބުމާއި އަވީގައި ބޭތިއްބުމަށް ތަރުޙީބެއް ނުދެން: މިނިސްޓަރު
Raajje

މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށް ބޭތިއްބުމާއި އަވީގައި ބޭތިއްބުމަށް ތަރުޙީބެއް ނުދެން: މިނިސްޓަރު

‏ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށް ބޭތިއްބުމާއި، އަވީގައި ބޭތިއްބުމަކީ ތަރުޙީބުދޭ ކަމެއްނޫން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ”މަރުޙަބާ ކިޔުމުގައި ސްކޫލްތަކުގެ ދަރިވަރުން ޢަމަލުކުރަންވީގޮތް” 3 ޑިސެމްބަރު 2018 ގައި ސްކޫލްތަކަށް ފޮނުވާފައިވާ ސާކިއުލާއެއް ހިއްސާ ކުރަށް ވަމުން ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މ...

ޖުލައި 1 ގައި ސްކޫލްތައް ހުޅުވާލަނީ
Raajje

ޖުލައި 1 ގައި ސްކޫލްތައް ހުޅުވާލަނީ

ކޯވިޑް-19ގެ ބަލިމަޑުކަން ނެތް ރަށްރަށުގައި އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ސްކޫލްތައް ހުޅުވަން ނިންމަވާފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވީ ސްކޫލްތައް ހުޅުވައި ކިޔެވުން ކުރިއަށް ގެންދާނީ ގްރޭޑް 1 އިން ފެށިގެން މަތީގެ ގްރޭޑްތަކަށްކަމަށެވެ. ސްކޫލްތައް ހުޅުވާލާނީ ފިޔަވަހި ތަކަކަށް ބަހައިލައިގެންކަމަށް ފާހަގަކުރައްވައ...