ގްލޯބަލް ޕާޓްނަޝިޕް އިން އެޑިއުކޭޝަން (ޖީޕީއީ) ގެ ބޯޑު މެންބަރުކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހޮވިވަޑައިގެންފި އެވެ.

އެކަމަނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެ ބޯޑަށް ހޮވިވަޑައިގަތީ އޭޝިއާ އަދި ޕެސިފިކް ރީޖައިން ތަމްސީލުކުރުމަށް ކަމަށެވެ.

Ad
rt

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޖީޕީއީގެ ބޯޑު މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޖީޕީއީއަށް ނަން ހުށަހެޅުމުން، އެ އިދާރާގެ ސެކްރެޓޭރިއޭޓުން އެ ނަމެއް އޭޝިއާ ޕެސިފިކް ދާއިރާގެ މެންބަރު ގައުމުތަކުގެ ތާއީދު ލިބޭތޯ ބަލަން ފޮނުވަ އެވެ. އެގޮތުން އޭޝިއާ ޕެސިފިކް ދާއިރާގެ ގައުމުތަކުން ތާއީދުކުރީ ޑރ. އައިޝަތު އަލީ އަށް ކަމަށެވެ.

ތައުލީމު ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު އެއް ފަންޑު ކަމަށްވާ، ޖީޕީއީ ފަންޑުން އާންމު ގޮތެއްގައި އެހީވަނީ މަދުން އާމްދަނީ ލިބޭ ގައުމުތަކަށެވެ.

ޖީޕީއީގެ ބޯޑު މެންބަރުން އެ އިދާރާގެ ޕާޓްނަރޝިޕް ސިޔާސަތުތައް ކަނޑައަޅާނެ އެވެ.