ދެ ހަފްތާގެ ޗުއްޓީއަށް ފަހު، ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި އެވެ.

ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، ރާއްޖޭގައި މީގެ ކުރިން އަމަލުކުރަމުން އައި އެކެޑެމިކް ކަލަންޑަރަށް މިހާރުވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

Ad
rt

އެގޮތުން 2022 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފަށާފައި ވަނީ އެ އަހަރުގެ އޮގަސްޓް 7 ގަ އެވެ. އެ ޓާމްގެ ކިޔެވުން ކުރިއަށް ގެންދިޔައީ ޑިސެމްބަރު 24 ވަނަ ދުވަހާ ހަމައަށެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށިއިރު، މި ޓާމުގެކިޔެވުން ނިމޭނީ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ.

މި ސަރުކާރުން ރާއްޖޭގެ ތައުލީމު ކުރިއަރުވައި، އިލްމީ ޖީލެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ސްކޫލުތަކަށް އުމްރާނީ ތަރައްގީ ގެނައުމަށް ވެސް ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުން ނެވެ.

އެގޮތުން މުޅިއެކު 221 މަޝްރޫއެއް ކުރިއަށް ގެންދަވަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޖުމްލަ 1578 ކްލާސްރޫމް ހެދުމާއި، 85 މަލްޓިޕާޕަސް ހޯލާއި 509 އެހެނިހެން އިމާރާތްތަކުގެ މަސައްކަތެވެ.

ތައުލީމާއި ބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެފައިވަނީ ސްކޫލްތައް ތަރައްގީ ކުރުމަށް ކުރާ ކޮންމެ ކަމެއްގެ އަމާޒަކީ، ދަރިވަރުންގެ އުޅުމާއި ކެރުމާއި އިސްނެގުމާއި ކިޔެވުން ކަމަށެވެ.