ހުޅުމާލޭ ރެހެންދި ސްކޫލުގެ ދެ ފަންގިފިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު 06:30 ގައިި ކަމަށާއި މާގިނައިރުތަކެއް ނުވެ، އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

Ad
rt

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ އަލިފާނުގެ ހާދިސާ ހިނގީ އެ ސްކޫލުގެ 4 އަދި 5 ވަނަ ފަންގިފިލާގައި ހުރި ކަރަންޓު ޕެނަލް ބޯޑެއްގައި ރޯވެގެން ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް ދަރިވަރަކަށް އަދި މުވައްޒަފަކަށް ވެސް ގެއްލުމެއް ނުވާކަމަށެވެ.

މީގެ އިތުރުން ހާދިސާ ހިނގަން ފެށުމާއެކު، ރައްކާތެރިކަމާއެކު ދަރިވަރުން ތިރިއަށް ބާލާ ގެއަށް ފޮނުވާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މިނިސްޓްރީން ވިދާޅުވީ ވީހާވެސް އަވަހަށް އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް، ސްޓެލްކޯ އާއެކު ފަށާފައިވާ ކަމަށެވެ.