Skip to main content
Topic Archive

#އަޙްމަދު މަޙްލޫފް

37 Stories filed
ރަސްމާލެއަކީ ރައީސް މުއިއްޒަށް 2028 ކާމިޔާބުވާނެ ސަބަބު، އިދިކޮޅުން ބިރުގަންނަނީ އެހެންވެ: މަހްލޫފް
Politics

ރަސްމާލެއަކީ ރައީސް މުއިއްޒަށް 2028 ކާމިޔާބުވާނެ ސަބަބު، އިދިކޮޅުން ބިރުގަންނަނީ އެހެންވެ: މަހްލޫފް

ރަސްމާލެ މަޝްރޫޢުގެ ބިޔަކަމާއި އެ މަޝްރޫޢުން ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ ބޮޑުކަމުން، އެއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމަށް މަގުފަހިވާނެ ބޮޑު ސަބަބަކަށް ވެގެންދާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ބިރުގަންނަނީ އެހެންވެގެން ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށުމާއެކު އ

ރާއްޖޭގައި މިހާރު އޮތީ ސިޔާސީ ހަމަޖެހުން، މުޒާހަރާކޮށްގެން ހުކުމެއް ނުކުރޭ: މަހްލޫފް
Raajje

ރާއްޖޭގައި މިހާރު އޮތީ ސިޔާސީ ހަމަޖެހުން، މުޒާހަރާކޮށްގެން ހުކުމެއް ނުކުރޭ: މަހްލޫފް

ދިވެހިރާއްޖޭގައި މިހާރު ސިޔާސީ ހަމަޖެހުން ޤާއިމުވެފައި އޮތް ކަމަށާއި، މުޒާހަރާއެއް ކޮށްގެން ބަޔަކަށް ހުކުމް ނުކުރާ ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ކުޅިވަރާއި ޒުވާނުންގެ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ރޭ ގެނެސްދިން “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ، މީގެ ކުރީގެ ވެރިކަންތަކުގެ ފުރަތަމަ ތިން އަހަރާ އަޅާބަލާއިރު މިހާރު ރާއްޖޭގައި ސިޔާސީ ހަމަޖެހުނ...

581 ގޮނޑިއާއެކު އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހްލޫފް
Raajje

581 ގޮނޑިއާއެކު އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހްލޫފް

މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ކާމިޔާބު ކުރީ ވެރިކަންކުރާ ޕީއެންސީންކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. މިދިޔަ އެމްޑިޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަންވެސް ކުރެއްވި މަޙްލޫފް މިފަދައިން ވިދާޅުވީ ރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މަހްލޫފް ކުރެއްވި ޕޯސްޓުގައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރައްވ...

މިދިޔަ ސަރުކާރުތަކަށް ވުރެ މި ސަރުކާރުގެ ދެ އަހަރު ނަތީޖާ ނެރެދީފި: މަހުލޫފް
Raajje

މިދިޔަ ސަރުކާރުތަކަށް ވުރެ މި ސަރުކާރުގެ ދެ އަހަރު ނަތީޖާ ނެރެދީފި: މަހުލޫފް

ދެ ހާސް އަށަކުން ފެށިގެން މިއަދާ ހަމައަށް ގާއިމުވީ ސަރުކާރުތަކުގެ ފުތަރަމަ ދެ އަހަރާއި މި ސަރުކާރަށް މިވީ ދެ އަހަރާ އަޅާ ބަލާއިރު މި ސަރުކާރުން މިހާރު ވެސް ނަތީޖާ ނެރެދީފައިވާކަމަށާއި ވުމާއެކު ވައުދު ނުފުއްދައޭ ބުނެ އެމްޑީޕީން ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ. މެދު ހެންވޭރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި […]

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަޚްލޫފް އައްޔަންކުރަން ރުހުންދީފި
Parliament

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަޚްލޫފް އައްޔަންކުރަން ރުހުންދީފި

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި އޭނާ އެ މަޤާމަށް އައްޔަން ކުރެއްވުމަށް ފާސްކުރީ، 60 މެންބަރުންގެ ވޯޓުންނެވެ. މަހްލޫފްގެ އިތުރުން އުރުދުންއާއި ފަލަސްޠީނަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުންނަށް ވެސް މިއަދު މަޖިލީހުން ވަނީ ރުހުން ދީފައެވެ. ޖަޕާނުގައި ހުންނަވާ ރާއްޖޭގެ...

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަހްލޫފް
Parliament

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަހްލޫފް

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ހަމަޖެއްސުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޚްލޫފްގެ ނަން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. މަޚްލޫފް އެ މަގާމަށް ޢައްޔަނުކުރުމަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީފުޅު މިއަދު މަޖިލީހުގެ ތަޅުމުގައި އިއްވާފައިވާއިރު، އޭނާ  އެ މަގާމަށް ޢައްޔަނުކުރުމުގެ މައްސަލަ މިއަދު ވަނީ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީ އަށް ފޮނުވާފައެވެ. މަހްލޫފް ވަނީ 14 ނޮވެމްބަރު 2025 ގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް […]

އެނބުރި މިދިޔައީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް: މަހްލޫފް
Raajje

އެނބުރި މިދިޔައީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް: މަހްލޫފް

އެނބުރި ވަޑައިގަތީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް ކަމަށްކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރޭ ސޮއިކުރެއްވި، އެމްޑީޕީ ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ. ޕީއެންސީ އާއި ގުޅިވަޑައިގެންނެވުމަށްފަހު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ، ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިމިވީ ފުރަތަމަފަހަރުކަމަށެވެ. ”އެނބުރި މިދިޔައީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް، ބަދަލުވެފަ އޮތީ ހަމައެކަނި ޕާޓީގެން.” މަހްލޫފް ވިދާޅުވެފަ...

މަހްލޫފާއި އިމާދު ލަތީފް ޕީއެންސީ އަށް
Raajje

މަހްލޫފާއި އިމާދު ލަތީފް ޕީއެންސީ އަށް

އެމްޑީޕީ ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި، ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ލަތީފް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިރޭ ސޮއިކުރަށްވައިފިއެވެ. 10 އަހަރު އެމްޑީޕީގެ މެމްބަރެއް ގޮތުގައި ހުންނެވުމަށްފަހު މަހްލޫފް އެ ޕާޓީން ވަކިވެވަޑައިގަތީ 8 ސެޕްޓެމްބަރު 2025 ގައެވެ. އަދި އޭނާ ވަނީ ސަރުކާރާއި ގުޅެން އުޅޭކަމުގެ އިޝާރާތެއް އެއިރު ދެއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ދެ ދައުރަކު ކުރަށްވާފައިވާ މަހްލޫފް ޕީއެންސީ އަށް...

ވަޒީރު ކަމަކީ ''ތަބަކަށް ލާފައި'' ދިން މަގާމެއްނޫން: މަހްލޫފް
Raajje

ވަޒީރު ކަމަކީ ''ތަބަކަށް ލާފައި'' ދިން މަގާމެއްނޫން: މަހްލޫފް

އެމްޑީޕީގެ ސަރުކާރުގެ ޔޫތު މިނިސްޓަރު ކަމަކީ ތަބަކަށްލާފައި އޭނާ އަށް ދިން މަގާމެއްނޫންކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެއެވެ. މަހްލޫފް މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެެވެ. އެ ނިންމުމާއި ގުޅިގެން މިރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުނުކަމަށް އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. މަހްލޫފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެބިނެޓުގައި ރައްޔިތުންނަށް ޚިދުމަތްކޮ...

ނަޒޫގެ ނާކާމިޔާބީ އާއި ގުޅިގެން މަހްލޫފްގެ ތުހުމަތާއި ނުރުހުން ފައިސަލްއަށް
Raajje

ނަޒޫގެ ނާކާމިޔާބީ އާއި ގުޅިގެން މަހްލޫފްގެ ތުހުމަތާއި ނުރުހުން ފައިސަލްއަށް

ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ހަމައެކަނި ވަޑައިނުގެންނެވުނީ އެއްބަނޑު އެއްބަފާ ކޮއްކޮ ނަޒުރާ ނަސީމް (ނަޒޫ)ގެ ކެމްޕޭނަށް ކަމަށް ވިދާޅުވެ ނަޒޫގެ ފިރިކަލުން އަހްމަދު މަހްލޫފްގެ ނުރުހުން ފައިސަލަށް އަމާޒުކުރައްވައިފިއެވެ. މިދިޔަ ސަރުކާރުގައި ޔޫތް މިނިސްޓަރުކަން ކުރެއްވި މަހްލޫފް ވަނީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރެއްވި ނަޒްރާ ނަސީމަށް ގޮނޑި ކާމިޔާބުނުވީ، ނަޒްރާގެ ބޭބެ އަދި ކުރީގެ...

ކޮމަންވެލްތު ގޭމްސްގައި ބައިވެރިނުވީ ފައިސާ ނެތިގެނެއް ނޫން: މަހްލޫފް
Raajje

ކޮމަންވެލްތު ގޭމްސްގައި ބައިވެރިނުވީ ފައިސާ ނެތިގެނެއް ނޫން: މަހްލޫފް

ކޮމަންވެލްތު ގޭމްސްގައި ބައިވެރިނުވީ ފައިސާ ނެތިގެނެއް ނޫން ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖެއިން ކޮމަންވެލްތްގައި ބައިވެރި ނުވާން ނިންމީ ފައިސާ ނެތިގެން ކަމަށް ބުނެ ބައެއް މީޑިއާ ތަކުން ރިޕޯޓުކުރުމާއި ގުޅިގެންނެވެ. ރާއްޖޭގެ އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގޭމްސްގައި ރާއްޖޭން ވާދަ ނުކުރަނީ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްޕޯޓްސް މިނިސްޓްރީ އަށް ވެސް ބަޖެޓްގެ ތާށިކަން އުޅޭތީކަމަށް ވަނީ ބުނެފައެވެ. އެކަމަށް ރައްދު […...

ހަގީގަތުގައި ރިފްއަތުގެ ކަރުގައި އަޅުވަންވީ މާފަށްޗެއް: މަހްލޫފް
Raajje

ހަގީގަތުގައި ރިފްއަތުގެ ކަރުގައި އަޅުވަންވީ މާފަށްޗެއް: މަހްލޫފް

ހަގީގަތުގައި އެޓާނީޖެނެރަލް އިބްރާޙީމް ރިފްއަތުގެ ކަރުގައި އަޅުވަންވީ މާފައްޗެއް ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްދު މަހްލޫފް ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. މި އިއްތިހާދުގެ ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕުން މިއަދު ވަނީ އ...

ފަންނުވެރިންގެ ހުނަރު ދެކިލަން ‏ވީހާވެސް ގިނަ ބަޔަކު ދިޔުމަށް ދައުވަތުދީފި
Raajje

ފަންނުވެރިންގެ ހުނަރު ދެކިލަން ‏ވީހާވެސް ގިނަ ބަޔަކު ދިޔުމަށް ދައުވަތުދީފި

ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އާޓް ފެސްޓިވަލް ރޭ ރަސްމީކޮށް ފަށާފައިވާއިރު، މި ފެސްޓިވަލްގައި ބައިވެރިވާ ފަންނުވެރިންގެ ހުނަރު ދެކިލަން ‏ވީހާވެސް ގިނަ ބަޔަކު ދިޔުމަށް ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ދައުވަތު ދެއްވައިފިއެވެ. ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އާޓް ފެސްޓިވަލް ” ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023” ރަސްމީކޮށް ރޭ ހުޅުއްވައިދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ. މާލޭގެ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ފެސްޓިވަލަކީ ކުޅ...

ކުޅިވަރުތަކަށް ހަމަހަމަގޮތެއްގައި ހިދުމަތްތަކެއް ކުރެވިއްޖެ: މަހްލޫފް
Raajje

ކުޅިވަރުތަކަށް ހަމަހަމަގޮތެއްގައި ހިދުމަތްތަކެއް ކުރެވިއްޖެ: މަހްލޫފް

ކުޅިވަރުތަކަށް ހަމަހަމަގޮތެއްގައި ހިދުމަތްތަކެއް ކުރެވިއްޖެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިއްޔެ ފެށި މޯލްޑިވްސް އޯޕަން 10-ބޯލް ބިލިއާޑް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މަހްލޫފު ވިދާޅުވީ މާލޭގައި ގައުމީ ބިލިއާޑް ސެންޓަރު ތަރައްގީކުރެވުނު ދުވަހު އެންމެ ބޮޑަށް ފާހަގަކުރެއްވީ ބައިނަލްއަގްވާމީ މުބާރާތް ބޭއްވޭނެ ދުވަހެއް ކަމަށާއި، މިއަދު އެކަން ކާމިޔާބުކުރެވުމަކީ ބޮޑު އުފަލެއް ކަމަށެވެ. “މިތަން ހުޅުވުނުރޭ އަޅުގަނޑު...

މަހްލޫފަށް ކުރާ ރިޝްވަތުގެ ދައުވާ އަނބުރާ ގެންދަނީ
Raajje

މަހްލޫފަށް ކުރާ ރިޝްވަތުގެ ދައުވާ އަނބުރާ ގެންދަނީ

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އަނބުރާ ގެންނަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ. މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ އެވެ. އެ ދައުވާ އަނބުރާ ގެންދަން ނިންމި ސަބަބެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ. ކްރިމިނަލް […]