ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި އޭނާ އެ މަޤާމަށް އައްޔަން ކުރެއްވުމަށް ފާސްކުރީ، 60 މެންބަރުންގެ ވޯޓުންނެވެ.

Ad
d

މަހްލޫފްގެ އިތުރުން އުރުދުންއާއި ފަލަސްޠީނަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުންނަށް ވެސް މިއަދު މަޖިލީހުން ވަނީ ރުހުން ދީފައެވެ.

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަހްލޫފް

މިގޮތުން އުރުދުންއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް ޑރ. ހާލާ ޙަމީދު ޢައްޔަނުކުރުމަށް މިއަދު ރުހުންދީފައި ވަނީ 63 މެންބަރުންގެ ވޯޓުންނެވެ. އަދި ފަލަސްޠީނަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް ޑރ. އިބްރާހީމް ޒުހުރީ ޢައްޔަނުކުރުމަށް މިއަދު ރުހުންދީފައި ވަނީ 62 މެންބަރުންގެ ވޯޓުންނެވެ.

ޤައުމުތަކަށް ރެޒިޑެންޓް ނުވަތަ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންނާއި، ނޮން-ރެޒިޑެންޓް ނުވަތަ ކަނޑައަޅުއްވާ ސަފީރުން ޢައްޔަންކުރައްވާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

Ad
df

މި ސަރުކާރުން ވަނީ، މިހާތަނަށް 27 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރައްވާފައެވެ.