އޮޕަރޭޝަން ކުރަނގި މާލެ ސަރަހައްދުގައި ފުޅާކޮށްފި
ދިވެހި ސަރުކާރުން ކުރިއަށް ގެންދާ “އޮޕަރޭޝަން ކުރަނގި” މާލެ ސަރަހައްދުގައި އިތުރަށް ފުޅާކޮށްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވި ގޮތުގައި މިހާތަނަށް މި އޮޕަރޭޝަންގެ ދަށުން 25,483 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ނަގާފައިވެއެވެ. މީގެ ތެރޭގައި 1,455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓް ކ...