ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހްސާނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމުގެ ބަޔަށް މިހާރު ދަނީ ވޯޓަށް އަހަމުންނެވެ.

Ad
rt

މި ވޯޓުގައި އިހްސާނަށް ރުހުން އޮތްކަމަށް 68 މެންބަރަކު ވޯޓު ދެެއްވިއެވެ. އަދި ރުހުން ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

އިހުސާނަށް ރުހުން އޮތްތޯ ބަލަން ވޯޓު ނެގި ވަގުތު ތަޅުމުގައި 72 މެންބަރަކު ތިއްބެވިއެވެ.

އިހުސާނަށް ރުހުންދޭން ބޭނުންވި އަދަދަކީ 35 އެވެ.

މަޖިލީހުގެ މިހާރު ޖުމްލަ މެންބަރުންގެ އަދަދަކީ 80 އެވެ.