ބައްސާމްގެ އެޕާޓްމެންޓް އަތުލި މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރަން އެންގި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމުން އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ބައްސާމްގެ ފަރާތުން ހުށަހަޅައިފި އެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން ބައްސާމުގެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރި ނަމަވެސް އެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ކުރިން ނިންމި އެވެ. އެ ނިންމުން ރިވިއު ކުރަން […]