އުރީދޫ ދިވެހި ޕްރިމިއާ ލީގު މިއަހަރުގެ އާ ސީޒަނަށް އުރީދޫ މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގުޅިގެން މިއަދު ޕާޓްނާޝިޕް އިއުލާންކޮށްފިއެވެ.
އުރީދޫގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ އިވެންޓެއްގައި ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަަލް-ހަމާދީއެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
އުރީދޫގެ ސީއީއޯ ހާލިދު ވިދާޅުވީ ފުޓްބޯޅައަކީ އެއްބައިވަންތަކަން ގެނުވައިދާ ކުޅިވަރަކަަސް ވާއިރި މިއީ ދިވެހިންނާއި އުރީދޫއާ ވެސް ގާތް ގުޅުމެއް އޮންނަ ކުޅިވަރެއް ކަމަށެވެ. އަދި މި ޕާޓްނަޝިޕްގެ ދަށުން އެފްއޭއެމްއާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ހުރި ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ފެށުނީއްސުރެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ކުޅިވަރަށް ލޯބިކުރާ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުކޮށް ހުނަރު ބިނާކުރުމަށް މަގުފަހިކޮށްދިނުމުގައި އުރީދޫ އިން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ރާއްޖޭގައި ހޯސްޓްކުރި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ މުބާރާތުފެ ޓައިޓަލް ސްޕޮންސަރަކީވެސް އުރީދޫއެވެ.
ރާއްޖޭގެ އަދި އެހެނިހެން ބައިނަލްއަޤްވާމީ ޕާޓްނަރުންނާއި ގުޅިގެން، އިންސާނީ ތަރައްގީއަށްޓަކައި ކުރިމަގުގައިވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަަން އެކުންފުނިން މި ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!